ބުރަ މަސައްކަތާއެކު މި އިންތިހާބު ކާމިޔާބު ކުރަން, މިރާއްޖެ އަނިޔާވެރިކަމާ ދިމާއަށް އަނބުރާ ދިޔަނުދިނުމަށް ކުރަންޖެހޭ ކަންކަން ކުރާނެކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ފައްޔާޒް ވަނީ ރިޔާސީ އިންތިހާބުގައި 56 އިން ސައްތަ އަށްވުރެ މަތިން ވޯޓު ހޯދާނެކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. އޭނާ މިހެން ވިދާޅުވެފައިވަނީ އެމްޑީޕީގެ ކެމްޕޭންގައި މާލޭގައި ބޭއްވި ބޮޑު ޖަލްސާގައެވެ.

ފައްޔާޒު މިއަދު ވިދާޅުވީ އޭނާއަށް މިއިންތިހާބުގައި ޖެހުނު ހިސާބު ގޯސްކަމާއި، މިހާރު ކުރަންޖެހޭ ކަންތައްތައް ސާފުވެއްޖެކަމަށެވެ.

ފައްޔާޒާއި އެމްޑީޕީގެ ލީޑަރޝިޕްގެ އިސްބޭފުޅުން ވަނީ ރައީސް ޞާލިހު މިއިންތިހާބުގައި 130،000 ވޯޓު ނަގާނެކަމަށް ބުނެފައެވެ. އަދި މިއީ ސިޔާސީ މީހަކަށް ލިބޭނެ އެންމެ ގިނަ ވޯޓު ކަމަށްވެސް ބުނެފައިވެއެވެ.ނަމަވެސް އިއްޔެގައި ބޭއްވި އިންތިހާބުގައި އެންމެ ގިނަ ވޯޓު ލިބިފައިވަނީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އަށެެވެ.