ރިޔާސީ އިންތިހާބުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތްނަމަވެސް، ޤައުމުގެ އިސްލާހަށާއި ރައްޔިތުންގެ ކުރިއެރުމާއި ފާގަތިކަމަށް އެޕާޓީން ކުރާ މަސައްކަތުގައި ދެމިތިބޭނެކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ބުނެފިއެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބަށްފަހު ނެރުނު ނޫސް ބަޔާނެއްގައި ޖޭޕީން ވަނީ ގައުމުގެ އިގްތިސާދީ ދުޅަހެޔޮކަމާއި، ގައުމުގެ ހަމަޖެހުމާއި ސަލާމަތަށް ކުރަންޖެހޭ ކަންކަން ކުރުމުގައި އެޕާޓީން ދެމިއޮންނާނެކަމަށް ބުނެފައެވެ.

މީގެ އިތުރުން އެ ބަޔާނުގައި ވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވަކި ގޮތެއް ނިންމުމާމެދު އެޕާޓީގެ ކައުންސިލާ މަޝްވަރާ ކުރުމަށްފަހު ވަރަށް އަވަހަށް އިއުލާނު ކުރާނެ ކަމަށެވެ.

ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގައި ޖޭޕީގެ ރިޔާސީ ކެނޑިޑޭޓް ޤާސިމް އިބްރާހީމް އަށް ލިބިވަޑައިގަތީ 5354 ވޯޓެވެ.