އިންޑިއާގެ މިނިވަން ދުވަހާ ދިމާކޮށް "ސިންގްހަމް އަގެއިން" އަދި "ޕުޝްޕާ"ގެ ދެވަނަ ބައި ނެރޭނަކަމަށް އިއުލާންކޮށްފިއެވެ.

ސައުތު ސިނަމާގެ އިތުރުން ހިންދީ ފިލްމުތަކަށް ލޯބިކުރާ ގިނަބައެއްގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދި ސިންގްހަމް އަގެއިން އަކީ އަޖޭ ދޭވްގަންގެ ފިލްމެކެވެ.އަދި ސިންގްހަމް ހެން މި ފިލްމް އަކީ ވެސް އެކްޝަން ބައި ބޮޑު ތަޅާފޮޅުން ބޮޑު ފިލްމެއްކަމަށް ފިލްމްގެ ޕްރޮޑަކްޝަންއިން ބުނިއެވެ.

މި އަހަރުގެ އެންމެ މޮޅު އެކްޓަރުގެ ޤައުމީ އެވޯޑް ހޯދި ތެލުގޫ އެކްޓަރު އައްލޫ އަރުޖުން "ޕުޝްޕާ"އިން ހޯދި ކާމިޔާބަށްފަހު އަލުން ފިލްމް މިފަހަރުގެ ސީކުއަލް މާބޮޑަށް ޝައުގުވެރިވާނެކަމަށް ފިލްމު ގެނެސްދޭ ޕްރޮޑަކްޝަން ހައުސިން އިން ބުނެފިއެވެ.

މި ދެ ފިލްމަކީވެސް ވަރަށް ވާދަވެރި ދެ ފިލްމެވެ.އަދި މި ދެ ފިލްމު އެއް ތާރީހެއްގައި ދެއްކުމުން ބެލުންތެރިންނަށް ދެ ފިލްމް ބެލުމުގެ ދަތިތަކާ ކުރިމަތިލާން ޖެހެނޭތީ އެ ތާރީހެއްގައި ދެ ފިލްމް ދައްކާނެކަމުގެ އުއްމީދު ވަރަށް ގިނަ ފަރާތްތަކުން ކުރެއެވެ.