ނ. ވެލިދޫ ޖޫނިއާ ކޮލެޖް ހެދުމުގެ މަޝްރޫއޫގެ އަމަލީ މަސައްކަތް މި މަހުގެ ފަސްވަނަ ދުވަހުގައި ފަށާފައިވާކަމަށް އެމަސައްކަތް ކުރާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ(އެމްޓީސީސީ) އިން ބުނެފިއެވެ.

މި މަޝްރޫއުގެ ދަށުން، 10,276 އަކަ ފޫޓުގެ ސަރަހައްދެއްގައި 1 ފަންގިފިލާގެ އިމާރާތެއް އެޅުމުގެ މަސައްކަތް ކުރުމަށް ވަނީ ނިންމާފައެވެ. އަދި މި އިމާރާތުގެ ތެރޭގައި 2 ކްލާސް ރޫމާ، އައިސީޓީ ލެބަކާ، ލައިބްރަރީ އެއްގެ އިތުރުން 2 ވޯކްޝޮޕް ހުންނާނެކަމަށް އެމްޓީސީސީ އިން ވަނީ ބުނެފައެވެ.

ނުވަ މަސް ދުވަހުގެ ތެރޭގައި ނިންމުމަށް އެމްޓީސީސީ އާ ހަވާލު ކޮށްފައިވާ މި މަޝްރޫއަކީ 11.91 މިލިއަން ރުފިޔާގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ މަހުގެ ދިހަ ވަނަ ދުވަހުގައެވެ.