ބ. އޭދަފުށިން ބިދޭސީއަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ދަފުށީ ކައުންސިލުން ބުނީ ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ ހޯމް ކަރަންޓީނުގައި ހުރި ބިދޭސީއެއް ކަމަށެވެ.

އެބިދޭސީ މީހާ ޕޮޒިޓިވްވެފައިވާކަން އެނގުނީ ހޯމް ކަރަންޓީނުގެ 10 ދުވަސް ހަމަވެގެން މިއަދު ނެގި ސާމްޕަލުންނެވެ.

އޭދަފުށީ ކައުންސިލުން ވަނީ މާސްކު އަޅައިގެން އުޅުމަށާއި، ކަރަންޓީނުގައި ތިބޭ ފަރާތްތަކާއި ބައްދަލު ނުކުރުމަށް އިލްތިމާސް ކޮށްފައެވެ.