މިދިޔަ ހުކުރު ދުވަހުގެ ރޭ މޮރޮކޯއަށް ކުރިމަތިވި ބާރުގަދަ ބިންހެލުމުގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވުވުމަށް ޗައިނާއިން 200،000 މޮރޮކޯއަށް ފޮނުވުމަށް ނިންމާފައިވާކަމަށް ޗައިނާގެ ފޮރިން މިނިސްޓްރީގެ ސްޕޯކްސް ވިމެން މައޯ ނިންގ ވިދާޅުވެއްޖެެވެ.

މައޯ ވިދާޅުވީ މޮރޮކޯއަށް ކުރިމަތިވި ބާރުގަދަ ބިންހެލުމުގެ ސަބަބުން ލިބުނު ގެއްލުންތަކާމެދު ޗައިނާއިން ކަންބޮޑުވާ ކަމަށާއި، މިކާރިސާއިން އަރައިގަތުމަށް ޗައިނާގެ ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށެވެ.

މީގެ އިތުރުން މައޯ ވިދާޅުވީ ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީއިން ކުއްލި ހާލަތުގައި ބޭނުން ކުރެވޭނެ އިންސާނީ އެހީ އާއި އާލަތްތަކާއި ވަސީލަތް ފޯރުކޮށްދިނުމަށް ތައްޔާރަށް އޮތް ކަމަށެވެ. "އަޅުގަނޑުމެން ތައްޔާރަށް މިތިބީ މޮރޮކޯއަށް އެހީ ފޯރުކޮށްދިނުމުގައި ދެމިތިބުމަށް. މޮރޮކޯއިން ބޭނުންވާ މިންވަރަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގައި ޗައިނާއިން ދެމިތިބޭނެ" މައޯ ވިދާޅުވިއެވެ.

މިބިންހެލުމުގެ ސަބަބުން މޮރޮކޯއިން މިހާތަނަށް ތިންހާހެއްއި މީހުންމަރުވެ، 24،00 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް އެގައުމުގެ ކަމާބެހޭ އިދާރާތަކުން ހާމަ ކުރައްވައެވެ. އަދި މިހާދިސާގެ ސަބަބުން ލައްކައަކަށްވުރެ ގިނަ ކުޑަކުދިން ހާލުގައި ޖެހިފައިވާ ކަމަށް މީޑިޔާ ރިޕޯޓުތައް ބުނެއެވެ.

ބިންހެލުމުގެ ސަބަބުން ހާލުގައި ޖެހުނު އެތައްބަޔަކު ނިދަމުން ދަނީ މަގުމަތީގައި.

ހާދިސާގައި ސުންނާފަތިވި އިމާރާތްތަކުގެ ދަށުން މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، ބިންހެލުން ކުރިމަތިވި ސަރަހައްދަކީ ފަރުބަދަ މަތީ ސަރަހައްދެއް ކަމުގައިވާތީ، ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން މީހުން ހޯދުމަށާއި އިންސާނީ އެހީފޯރުކޮށްދިނުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް މޮރޮކޯގެ ކަމާބެހޭ އިދާރާތަކުން ހާމަ ކުރައްވައެވެ.

ބިންހެލުން އައިސްފައި ވަނީ ވެރިރަށް ރަބާތާ 300 ކިލޯމީޓަރު ދުރުގައި އޮންނަ ފަތުރުވެރިންގެ މެދުގައި މަގްބޫލް މަރަކޭޝް ސިޓީއަށެވެ. ބިންހެލުން އައީ މަރަކޭޝް ސިޓީގައި ހުންނަ މަޝްހޫރު ހައި އެޓްލަސް މައުންޓަންގެ 18 ކިލޯމީޓަރު އަޑިޔަށެވެ.