މި މަހުގެ 30 ގެ ނިޔަލަށް ކޮންމެ ދުވަހަކު ހެނދުނު 10 އިން 11:30 އަށް ހުޅުމާލޭ ލިންކް ރޯޑްގެ ބައެއް ސަރަހައްދުތަކުގެ އެއް ލޭނު ބަންދުކުރުމަށް ނިންމައިފިއެވެ.
ހުޅުމާލޭ ލިންކް ރޯޑުގެ އެއް ލޭނުގެ ބައެއް ސަރަހައްދުތައް ބަންދުކުރަން ނިންމީ ލިންކް ރޯޑުގައި ގާއިމުކުރާ ސޯލަރ ޕީވީ ނިޒާމުގެ މަސައްކަތްތަކެއް ކުރުމަށެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ ބަންދުކުރަން ހަމަޖެހިފައިވަނީ މާދަމާއިން ފެށިގެން މި މަހުގެ 30 ގެ ނިޔަލަށް ކޮންމެ ދުވަހަކު ހެނދުނު 10 އިން 11:30 އަށް ކަމަށެވެ.
މީގެ އިތުރުން އެ މިނިސްޓްރީން ބުނީ ލިންކް ރޯޑުގެ އެއް ލޭނުގެ ބައެއް ސަރަހައްދުތައް ބަންދުކުރިޔަސް އާންމު ދަތުރުފަތުރުތައް މެދުނުކެނޑި ކުރިއަށްދާނެ ކަމަށެވެ.