ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޖުމްހޫރީ ޕާޓީން ކޯލިޝަން ހަދާނެ ބަޔަކު ކަނޑައެޅުމަށް މިއަދު ބާއްވަން ނިންމި ކައުންސިލު ބައްދަލުވުން ފަސްކޮށްފިއެވެ.
މި އިންތިހާބުގެ ދެވަނަ ބުރަށް ދިޔަ ދެ ކެންޑިޑޭޓުން ވެސް ވަނީ އެކުގައި ކުރިއަށް ދިއުމަށް ޖޭޕީއަށް ދައުވަތު ދީފައެވެ.
އެގޮތުން އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ ރޭ ސަން އައިލެންޑް ރިސޯޓުގައި ވަނީ އިދިކޮޅު ކޯލިޝަންގެ އިސް ބޭފުޅުންނާއެކު މަޝްވަރާތައް ކުރިއަށް ގެންދަވައިފައެވެ. އަދި މި ބައްދަލުވުމުގައި މަޝްވަރާ ކުރެއްވި ކަންކަމުގެ މައުލޫމާތު މިއަދު އޮންނަ އެ ޕާޓީގެ ކައުންސިލު ބައްދަލުވުމަށް ހުށަހަޅައި ގޮތެއް ނިންމުމަށެވެ.
ނަމަވެސް މިއަދު ހަވީރު ބާއްވަން ނިންމި ކައުންސިލު ބައްދަލުވުން ފަސްކުރީ ދެ ކެންޑިޑޭޓުންނާއެކު ކުރިއަށްދާ މަޝްވަރާތައް ނުނިމޭތީއެވެ.
ކައުންސިލު ބައްދަލުވުން ފަސްކުރިއިރު ކޯލިޝަން ހެދުމުގެ މަޝްވަރާއަށް ރައީސް ސާލިހްވެސް މިއަދު ވަނީ ގާސިމާ ބައްދަލުކުރައްވަން އެ ރިސޯޓަށް ވަޑައިގެންފައެވެ.