ހއ.ހޯރަފުށީ އެއާޕޯޓް ޖެޓީ ހެދުމުގެ މަޝްރޫއުގެ މަސައްކަތް ނިމިފައިވާކަމަށް އެމްޓީސީސީން މިއަދު ބުނެފިއެވެ.

މި މަޝޫރޫގެ ދަށުން 18,000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި 44 މީޓަރުގެ އެއްގަމުތޮށިލުމާއި އެލް ބްލޮކް ބޭނުންކޮށްގެން ޖެޓީއެއް ހެދުމާއި 49 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމެންޓް ޖެހުން ހިމެނެއެވެ.

އަދި ޖެޓީ ސަރަހައްދު ހިމާޔަތް ކުރުމާއި 51,587 ކިއުބިކް މީޓަރުގެ ޖެޓީ ސަރަހައދުގެ ބިން ހިއްކުމާއި ނެރު ބައްތި ހަރުކުުރުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫއުއަކީ ސަރުކާރުން 5.65 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއުއެކެވެ.