މީގެ ފަސްސަތޭކަ އަހަރު ކުރިން ގެއްލިފައިވަނިކޮށް، އެފްރިކާގެ ހުޅަނގު ދެކުނުގެ ފަޅުރަށަކުން ރަން ފައިސާ ފޮތިތަކަކާއެކީ ފެނިފައިވާ ބުމް ޖެޒުސް އަކީ ފާއިތުވި އަހަރުތަކުތެރޭ ހޯދިފައިވާ އެންމެ ވަރުގަދަ އާސާރީ ހޯދުމެވެ.

ބުމް ޖެޒުސް އަކީ ޕޯޗުގަލްގެ ލިސްބަން އިން 1533 ވަނަ އަހަރުގެ މާޗް މަހުގެ 7 ވީ ހުކުރު ދުވަހު ދަތުރު ކުރި ޕޯޗުގަލް އުޅަނދެކެވެ. ލިސްބަން އިން ފުރައިގެން އިންޑިޔާއަށް ދަތުރުކުރަމުން ދިޔަ "ބުމް ޖެޒުސް" (ނުވަތަ ބޮމް ޖީސަސް)ފެނުނުއިރު، އޭގެއިން ވަނީ ސީދާސާފު ރަނުގެ ދެހާސް ފައިސާ ފޮއްޗާއި ދިހަހާސް ޕައުންޑުގެ ކޮޕާ އިންގޮޓް ފެނިފައެވެ. އަދި ގަދަ ތޫފާނެއްގަިއ އަޑިޔަށް ދިޔަކަމަށް ހަބަރު ފެތުރިފައިވާ "ބުމް ޖެޒުސް" އިން ފެނުނު އެއްވެސް އެއްްޗަކަށް ގެއްލުމެއް ލިބިފައިނުވާކަން ވަރަށް ހާއްސަކޮށް ވަނީ ފާހަގަ ކުރެވިފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ބުމް ޖެޒުސް އަޑިއަށް ދިޔައީ، ދަތުރުކުރަމުން ދަނިކޮށް، ނަމީބިއާގެ އައްސޭރިއާ ހަމައިން އައި ތޫފާނެއްގައި ފަރަށް އެރުމާއެކުހެން ބޯޓުގެ ފަށަލަ ހިލަގަނޑެއްގައި ޖެހި އަރިއަޅާލުމަކާއެކު ބޯޓު ބަންޑުން ޖަހާލުމުންނެވެ. މިހާދިސާ ހިނގި އިރު މިއީ ކަނޑުގެ އައްސޭރިއަށް ވިޔަސް އަހަރުތައް ވޭތިވެ ބަދަލުވަމުންދިޔަ ޒަމާނާއެކު މިހާރު މިއީ ކަނޑުގެ ލޮނުގަނޑު ފަހަތަށް ޖެހެމުން ޖެހެމުން ގޮސް ސަހަރާއަކަށްވެފައިވާ ހިސާބެކެވެ. އަދި "ބުމް ޖެޒުސް" އަލުން ސަހަރާގެ ވެލިގަނޑު ތެރެއިން ފެނުނީ އެހިސާބަށް މައިނިން އަށް ގޮސްއުޅުނު ބަޔަކު މައިނިން ކުރަމުން ދަނިކޮށެވެ.

ބޯޓު ފެނުނު ހާލަތުން ބޯޓު ފަރަށް އެރީ ވަރުގަދަ ތޫފާނެއްގައި ޖެހިފައިކަން ދޭހަވި ނަމަވެސް އެ ސަރަހައްދުގައި އިންސާނުންގެ ކަށިތަކެއް އެއްވެސް ވަރަކަށް ފެންނަން ނެތުމުން ބޯޓުގައި ތިބި ގިނަ ފަޅުވެރިން ސަލާމަތްވީކަމަށް ނުވަތަ މަރުވީ ކަމަށް ލަފާކުރެވޭކަމަށް ރިޕޯޓުތަކުގައި ބުނެފައިވެއެވެ.

ފަޅުތެރެއިން ފެނުނު ބޯޓުގައި ރަނުގެ އިތުރުން އަގުހުރި މުދާވެސް ހުއްޓެވެ. ސަދަން އެފްރިކާ އިންސްޓިޓިއުޓް އޮފް މެރިޓައިމް އާކިއޮލޮޖިކަލް ރިސާޗްގެ ޗީފް އާކިއޮލޮޖިސްޓް ޑރ ނޯލީ ވިދާޅުވީ އައްސޭރިފަށުގެ ސަރަހައްދުތަކަކީ ތޫފާންތަކަށް އާންމު ސަރަހައްދެއްކަމަށާއި އެފަދަ ތަނަކުން ބޯޓެއް ފަރަށް އެރި ތަނެއް ފެނުމަކީ މާބޮޑު ކަމަކަށްވެ ހައިރާންވާން ޖެހޭ ކަމެއް ނޫން ކަމަށެވެ.

ޑައިމަންޑް ކުންފުނި ޑިބިއާސް އާއި ނަމީބިއާ ސަރުކާރުން އަދިވެސް އެ ސަރަހައްދުގައި ޖޮއިންޓް އޮޕަރޭޝަނެއް ހިންގާ ކަމަށް ސީއެންއެން އިން ބުނާއިރު، އެ ސަރަހައްދުގެ ބޮޑުބައެއް ފެންނަން ނެތްކަމީވެސް ހަގީގަތެކެވެ.

ބޯޓު ފަރަށް އެރި ހާދިސާގެ ބާވަތްތަކުގެ ބާވަތްތައް މައިނިން ސެކިއުރިޓީގެ ދަށުން ހިމާޔަތްކޮށްފައިވާއިރު، އެތަނަށް އެރުމުގެ ހުއްދަ ދީފައިވަނީ ލިމިޓެޑް އަދަދަކަށެވެ. މިއުޒިއަމެއްގެ ޚިޔާލެއް ހުށަހަޅާފައިވީނަމަވެސް އެކަން ވާނެތޯ ޖެހޭނީ ބަލާށެވެ.

(ބުމް ޖެޒުސް (BOM JESUS) މިއީ ޕޯޗުގީޒްގެ ޕްރޮނައުންސް ގައި މިނަން ބޭނުން ކުރާ ގޮތެވެ.)