ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލާފައިވަނީ 45 މީހުންކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

މިއީ ލޯފަން މީހުން އަމިއްލައަށް، އިތުރު މީހެއްގެ އެހީތެރިކަމާ ނުލާ ވޯޓުލީ ފުރަތަމަ އިންހާބެވެ. މީގެ ކުރީ އިންތިހާބުތަކުގައި އެމީހުން ވޯޓުލަނީ އިތުރު މީހެއްގެ އެހީތެރިކަމާއެކުއެވެ. އެކަމުގެ ސަބަބުން ވޯޓުގެ ސިއްރުކަން ގެއްލޭކަމަށް އެމީހުން ބުނެއެވެ.

މިއާއެކު އިންތިހާބުތަކާބެހޭ އާންމު ގާނޫނަށް ގެނައި އިސްލާހާއެކު، ވޯޓުލުމަށް ހާއްސަ ޓެމްޕްލެޓަކާއެކު ލޯފަން މީހުންނަށް އަމިއްލައަށް ވޯޓު ލެވޭނެ ފުރުސަތު ވަނީ ފަހިކޮށްދީފައެވެ.

ފުރަތަމަ ފަހަރަށް ވޯޓު އަމިއްލަ އަތުން ލުމަށް ލޯފަން މީހުންނަށް ލިބުނު ފުރުސަތަކީ މިނިވަންކަމެއްގެ ގޮތުގައި އެމީހުން ސިފަކުރެއެވެ.