މާލޭގެ ގެއެއްގައި ފިރިހެނަކު ރަހީނުކުރި މައްސަލާގައި ހައްޔަރުކުރި ކުރީގެ ނެށުންތެރިޔާ އަލީ ޝާހިދު (ސްޓެޕް އައްޔަ) ގެ ބަންދަށް އިތުރު 10 ދުވަސް ޖަހައިފިއެވެ.

ފިރިހެނަކު ހުއްދަ ނޫން ގޮތުގައި މާލޭގެ ގެއެއްގައި ހިފަހައްޓައި އަނިޔާކޮށް އޭނާގެ ބޭންކް އެކައުންޓުން ފައިސާ ޓްރާންސްފަރ ކުރި މައްސަލައަކާ ގުޅިގެން މިހައިތަނަށް ތިން މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފަައެވެ.

އެގޮތުން ސްޓެޕް އައްޔަގެ ބަންދަށް 15 ދުވަސް ޖެހީ މިދިޔަ މަހުގ ހަމަވުމުން ކްރިމިނަލް ކޯޓުން މިއަދު ވަނީ އޭނާގެ ބަންދަށް 10 ދުވަސް އިތުރުކޮށްފައެވެ.

މި މައްސަލާގައި އޮގަސްޓް 30 ގައި ސްޓެޕް އައްޔަގެ ބަންދަށް ދިން 15 ދުވަސް ހަމަވުމުން ކްރިމިނަލް ކޯޓުން މިއަދު ވަނީ އޭނާގެ ބަންދަށް 10 ދުވަސް އިތުރުކޮށްފައެވެ.

މި މައްސަލާގައި އަނިޔާ ލިބުނު މީހާގެ ބަޔާނުގައި ވަނީ މި ކަމުގައި ސްޓެޕް އައްޔަގެ ބައިވެރިވުން އޮތްކަމަށް ބުނެފައެވެ.

ނަމަވެސް އެއީ އެހެން ބަޔަކު ހިންގި ކަމެއް ކަމަށް ސްޓެޕް އައްޔަ ބުނެއެވެ. އެތަނަށް ދެވުނީ އެކަން ނިމުނު ފަހުން ކަމަށް ވެސް ސްޓެޕް އައްޔަ ވަނީ ބުނެފައެވެ.

އަދި މި މައްސަލާގައި އަނިޔާ ލިބުނު މީހާގެ އެކައުންޓުން ފައިސާ ފޮނުވާފައިވާ ފަރާތެއްގެ ކޭޝްކާޑު ސްޓެޕް އައްޔަގެ އަތުން ފެނިފައިވާ ކަމަށް ކްރިމިނަލް ކޯޓުން ބުނެފަައިވެއެވެ.