ޒެމްބިއާއިން ވަނީ އެގައުމުގެ ދަރަނި ދެއްކެން ނެތުމުން އިތުރު ދަރަންޏަށް އެދިފައެވެ. އަދި ގަނެފައިވާ ބޮންޑަށް ފައިސާ ދެއްކުން ފަސްކުރުމަށް އެދިފައެވެ.

ޒެމްބިއާ އަކީ، ޖީ20 ގެ ގައުމުތަކުން ދަރަނި ފަސްކުރުމަށް ނިންމުމަށް އެޕްރީލް މަހު ގޮވާލުމާ ގުޅިގެން އެކަމަށް އެދުނު އެއް ގައުމެވެ.

ކިޔާލަން: ދަރަނި ނުދެއްކޭނެ ކަމަށް ކެންޔާއިން ބުނެފި

ޖީ20ގެ ގޮވާލުމާއެކު ޗައިނާ ގެ ދަރަނި ލުއިކޮށްދިނުމަށް އެދި 20 ގައުމަކުން ވަނީ ހުށަހަޅާފައެވެ.

އިންޓަރނޭޝަނަލް މަނިޓަރީ ފަންޑުން 1.3 ބިލިއަން ޑޮލަރުގެ ޕެކޭޖަކަށް ލުސާކާއިން ވަނީ އެދި ހުށަހަޅާފައެވެ. އަދި ތިން ބިލިއަން ޑޮލަރުގެ ޔޫރޯ ބޮންޑްގެ އިންޓަރެސްޓްވެސް ހަމަހަށް ފަސްކޮށް ދިނުމަށް ލުސާކާއިން ވަނީ އެދިފައެވެ.

ޒެމްބިއާގެ ބޭރުގެ ދަރަނި 11 ބިލިއަން ޑޮލަރަށް ވުރެން ގިނައެވެ. މިއިން ދެބައިކުޅަ އެއްބަޔަކީ ޗައިނާއަށް ދަރާފައިވާ ދަރަންޏެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީން ބުނެފައިވަނީ ޒެމްބިއާއާއެކު މި މައްސަލާގައި މަޝްވަރާ ކުރެވެމުންދާ ކަމުގައެވެ. އިތުރު ތަފްސީލެއް މީޑިއާއަށް ދީފައެއް ނުވެއެވެ.

ކިޔާލަން: ޗައިނާއަށް ގައުމުތަކުން ދަރާފައިވާ ދަރަނި

ޒެމްބިއާއަށް އެންމެ ބޮޑު އާމްދަނީއެއް ލިބެނީ ލޮއެ އެކްސްޕޯޓްކޮށްގެންނެވެ. މިފަހަކަށް އައިސް ލޮއިގެ އަގު ދަށްވުމާ ގުޅިގެން ލުސާކާއަށް ވަނީ ބޮޑެތި ގެއްލުމާ ކުރިމަތިލާން ޖެހފައެވެ.

އެފްރިކާގެ އެހެން ގައުމުތަކެކޭ އެއްފަދައިން ޒެމްބިއާއިން ވެސް ވަނީ ޗައިނާއިން ގިނަ އަދަދަކަށް ދަރަނި ހޯދާފައެވެ.