ސަރުކާރުގެ މަސްކުންފުނި މިފްކޯއިން މަސް ގަންނަ އަގު މިއަދުން ފެށިގެން ކިލޯއެއް -/25 ރުފިޔާއަށް ބޮޑުކުރުމަށް ނިންމައިފިއެވެ.

މަސްވެރިން އަތުން މަސް ކިލޯއެއް ގަންނަ އަގު މިއަދުން ފެށިގެން 25ރ. އަށް ބޮޑު ކުރުމަށް ނިންމާފައިވާ ކަމަށް ސަރުކާރުގެ މަސް ކުންފުނި، މިފްކޯ އިން ހާމަކުރީ ރޭގައެވެ.

މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ރޭ ބައެއް މަސްވެރިންނާއި ބައްދަލު ކުރައްވައި، އެކަމުގެ މަޝްވަރާތައް މިފްކޯއާއި ހިއްސާ ކޮށްފައިވާ ކަމަށެވެ. ރައީސް ސާލިހުގެ ނިންމެވަކީ މީގެ ކުރިން -/17 ރުފިޔާއަށް ގަންނަމުން ދިޔަ މަސް ކިލޯއެއް މާދަމާއިން ފެށިގެން -/25 ރުފިޔާއަށް ގަތުމަށް ކަމަށް އިސްމާއިލް ފައުޒީ ވަނީ ވިދާޅުވެފައެވެ.

ތަފްސީލުތައް ވަރަށް އަވަހަށް ހާމަކުރައްވާނެކަމަށާއި، މިއަދުން ފެށިގެން މަސް ގަންނާނީ ބޮޑުކުރި އަގުގައި ކަމަށްވެސް އިސްމާއީލް ފައުޒީ ވަނީ ވިދާޅުވެފަވެ.

ސަރުކާރުގެ މަސް ކުންފުނިން މަސް ގަންނަ އަގު ބޮޑުކުރަން ނިންމި އިރު، ރައީސް ސާލިހު، ރޭގެ ވަގުތެއްގައި ވަނީ މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ގިނަ އަދަދެއްގެ ކެޔޮޅުންނާ ބައްދަލުކުރައްވައިފައެވެ. ރޭ މާލޭގައި ބޭއްވި ބައްދަލުކުރެއްވުމުގައި ފަންސާހަށްވުރެ ގިނަ ކެޔޮޅުން ވަނީ

މިފްކޯއިން މިހާރު މަސް ގަންނަ އެންމެ ބޮޑު އަގަކީ -/17 ރުފިޔާ އެވެ. އެއީ ދޮޅުކިލޯއިން ފެށިގެން މަތީގެ ބަރުދަން ހުންނަ މަހެވެ.