މި މަހުގެ 30 ވަނަ ދުވަހުގައި އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުމަށް އެހެން ތަނަކަށް ރީރަޖިސްޓްރީ ކުރާނަމަ އެފޯމު ސައްހަތޯބަލަން އިލެކްޝަން ކޮމިޝަން (އީސީ) އިން ގުޅާނެކަމަށް ބުނެފިއެވެ.

އިލެކްޝަން ކޮމިޝަންއިން މިއަދު ބުނީ ސައްހަ ނޫން ފޯމެއް ހުށަހަޅައިފިނަމަ އެފަރާތަކާ މެދު ފިޔަވަޅު އަޅާނެކަމަށެވެ.އަދި އަނެކާގެ ވޯޓު ލުމުގެ ހައްގަށް އެއްވެސް މީހަކު ނޭރުމަށެވެ.

ދެވަނަ ބުރުގައި އެހެންތާކަށް ރީރަޖިސްޓްރީ ވާން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އިއްޔެ މެންދުރުފަހު 3:00 އިން ފެށިގެން މާދަމާ ހަވީރު 4:00 އަށެވެ.

އީސިއިން ބުނީ ރީ ރަޖިސްޓްރީ ވާން ބޭނުންވާ ފަރާތްތަކުން ޕޯޓަލް މެފުވެރިކޮށް އޮންލައިން ކޮށް ނުވަތަ އެތަނަށް ގޮސްވެސް ހުށަހެޅިދާނެކަމަށެވެ.