ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ސްޕެޝަލް އެޑްވައިޒަރު އަޒްލީން އަހްމަދު އައްޔަންކޮށްފިއެވެ.

ޖޭޕީގެ އެސްޖީގެ މަގާމަށް އަޒްލީން އައްޔަންކޮށްފައި މިވަނީ އެ މަގާމުގައި ހުންނެވި ކެލާ ދާއިރާގެ ކުރީގެ މެންބަރު އަލީ އާރިފް އިއްޔެ އެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.

ޢަލީ އާރިފް އެ މަގާމުން އިސްތިއުފާދެއްވީ އިއްޔެ ބޭއްވި ޖޭޕީގެ ކައުންސިލު ބައްދަލުވުމުގައެވެ. ނަމަވެސް ޕާޓީން ވަކިވެވަޑައިގެންފައެއް ނުވެއެވެ.