ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ބައްދަލު ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގަތުމުން ރައީސް ޔާމީން އެކަމަށް ދެކޮޅުހައްދަވައިފިއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިއަދު ބުނީ ރައީސް ނަޝީދާ ބައްދަލު ކުރެއްވުމަށް ރައީސް ޔާމީން އިއުތިރާޒު ކުރެއްވުމުން، އެކަން ލިޔުމުން މިއަދު މަޖިލީހަށް އަންގާފައިވާނެ ކަމަށެވެ.
ރައީސް ނަޝީދު އުފައްދަވާފައިވާ ދަ ޑިމޮކްރެޓްސްއަށް މިއަހަރުގެ ރިޔާސީ އިންތިހާބުގައި ތިން ވަނަ ލިބުމުން، ދެވަނަ ބުރަށްދިޔަ ދެ ޕާޓީ ކަމަށްވާ ޕީޕީއެމާއި އެމްޑީޕީއާ އެކު ކުރިއަށް ގެންދިޔަ މަޝްވަރާތަކުގައި އެބޭފުޅުން ހުށަހެޅީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކުރިން މިމަހުގެ 25 ގައި ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށެވެ. އެކަމަށް ޕީޕީއެމުން ދެކޮޅު ހެދުމުން، ދަ ޑިމޮކްރެޓްސްއިން ވަނީ އެޕާޓީއާ އެކު ކުރިއަށް ގެންދިޔަ މަޝްވަރާތައް ހުއްޓާލައިފައެވެ. ނަމަވެސް އެމްޑީޕީއާ އެކު އެ މަޝްވަރާތައް އަދިވެސް ދަނީ ކުރިއަށެވެ.
ޑިމޮކްރެޓްސްގެ ސަޕޯޓަރުންނާ އިއްޔެ މެންދުރުފަހު، "ދޮން މަނިކު ސްކައި ވިއު" ގައި ބައްދަލުކުރައްވައި ނަޝީދު ވިދާޅުވީ "ނިޒާމު ބަދަލުކުރުމާ" ގުޅޭ ގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީނު އަބްދުލްގައްޔޫމާ ވެސް މަޝްވަރާ ކުރައްވަން އެމަނިކުފާނު ގަސްދު ކުރައްވާ ކަމަށެވެ. އަދި އޭގެ ފަހުން އިއްޔެ ނަޝީދު ވަނީ ރައްޔިތުން މަޖިލިސް މެދުވެރި ކުރައްވައި މާފުށީ ޖަލަށް ވަޑައިގެން ރައީސް އަބްދުﷲ ޔާމީނާ ބައްދަލުކުރެއްވުމުގެ ހުއްދަ އެދި ހުށަހަޅުއްވައިފައެވެ.
ރައީސް ޔާމީން ޖަލަށް ލުމަށް ހުރިހާ ނުބައެއް ރާވާ ހިންގި ކަމަށް ޝައްކު ކުރެވެނީ ރައީސް ނަޝީދާމެދު ކަމުގައި ވާހަކަ ދެކެވެތީ، މިކަމަކީ ރައިސް ނަޝީދު ކުޅެމުންދާ ޑްރާމާއެއްކަމަށް ވަރަށް ބޮޑަށް ލަފާކުރެވޭ