ގޭގައި އިނދެ ބޭނުންވާ އެއްޗެއް ހޯދައި ބަލާލުމާއެކު އަވަހަށް ލިބޭނޭގޮތް ފަހިވުމަށްވުރެ އަދުގެ ބިޒީ ދިރިއުޅުމުގައި ހިތަށާއިސިކުނޑިއަށް ލުއިވާނެ އެހެންކަމެއް ނޯންނާނެއެވެ. ވަގުތުކުޑަވެފައި ދިރިއުޅުމުގެ ރޭދުވާލުގެ ވަގުތު ނުހަނު ފުރިފައިވާ ތާވަލެއްގައި އުޅުއްވާ ފަރާތްތަކަށް އުފާވެރިކަމާއި ހިތްހަމަޖެހުން ލިއްބައިދޭ "ލިއުމިއާ" އަކީ އޭގެ ދެވަނައެއް ނުވާފަދަ އިތުބާރާއި ޔަގީންކަން ލިބިފައިވާ މުދާ ފޯރުކޮށްދޭ ވިޔަފާރިއެކެވެ.

ލިއުމިއާގެ ފެށުން އަދި ލިއުމިއާގެ އަމިއްލަ ބްރޭންޑް 'ޕެންޑާ'

"ލިއުމިއާ" އަކީ 2021 ވަނަ އަހަރު ފަށާފައިވާ އޮންލައިން ވިޔަފާރިއެކެވެ. މައިގަނޑު ގޮތެއްގައި "ލިއުމިއާ"އިން އޮންލައިންކޮށް ވިއްކަން ފެށީ ތަފާތު އެކި މުނާސަބަތުތަކަށް ބޭނުންވާ ބެޑްޝީޓްތަކާއި ގިފްޓް ޕެކްތަކެވެ.

މިއީ ލިއުމިއާގެ ފެށުން ކަމަށްވިޔަސް މި ވިޔަފާރި ކުރިއަރައި ތަރައްގީވާން ފެށީ ނުހަނު އަވަސްކަމާއެކުގައެވެ. މިއަދު "ޕެންޑާ"ގެ ނަމުގައި އަމިއްލަ ބެޑިންގް ބްރޭންޑެއް (އެނދާބެހޭ ސާމާނުތައް) އުފެދިފައިވުމަކީ ވޭތުވެދިޔަ މަދު ދުވަސްކޮޅުގައި މިވިޔަފާރި ތަރައްގީވެފައިވާ މިންވަރު ހާމަވެގެންދާ ކަމެއްކަން ޔަގީނެވެ. "ޕެންޑާ" ބްރޭންޑުން ނިދާލަން އަރާމު، ހުވަފެނީ އާލަމަކަށް ގެންގޮސްދޭހާ ހިތްފަސޭހަ، މޮޅު ފޮތީގެ ބެޑްޝީޓުން ފެށިގެން ބާލީހާއި ކްއިލްޓާ ހަމައަށް ލިއުމިއާ އިން ލިބެން ހުރިކަން ފާހަގަކޮށްލަމެވެ.

ފުރަތަމަ އައުޓްލެޓް 'ލިއުމިއާސްޓައިލް'

އޮންލައިންކޮށް ފެށި "ލިއުމިއާ"ގެ ވިޔަފާރި ކާމިޔާބުކަމާއެކު ދިވެހިންގެ މެދުގައި މަގުބޫލުވެ، ފުރަތަމަ އައުޓްލެޓް (ލިއުމިއާ ސްޓައިލް) ހުޅުވީ، 2022 ވަނަ އަހަރު ތެރޭގައެވެ. މިފިހާރައިން މީރުވަސްދުވާ ހިތްގައިމު، އެކި ވައްތަރުގެ ސެންޓާއި އަންހެންބޭފުޅުންނަށް ހާއްސަ، އިތުބާރާއި ޔަގީންކަން ލިބިފައިވާ މޫސުމާގުޅޭ މޭކަޕްސާމާނުތަކާއި ޒަމާނާގުޅޭ ސްޓައިލްތަކުގެ ހެދުންތައް ލިބިވަޑައިގަންނަވާނެއެވެ.

ލިއުމިއާ ސްޓައިލް ހުންނާނީ މާލެސިޓީގެ މާވެޔޮމަގުގައެވެ.

ކުރިއަރަމުންދާ ލިއުމިއާ އޮންލައިން

2021 ގައި ފެށި ލިއުމިއާ އޮންލައިން މިވަނީ ހަމަ ވަރަށްވެސް ކުރު މުއްދަތެއްގެ ތެރޭގައި އެތައް ހަރުފަތްތަކެއް ކުރިއެރުންތަކެއް ހޯދައިފައެވެ. އޮންލައިން ވިޔަފާރިއަކަށް އެންމެ މުހިންމު ޑެލިވަރީގައި ހާއްސަ ކުރިއެރުންތަކެއް ހޯދުމާއެކު، މާލެސިޓީގެ އޮންލައިން ވިޔަފާރިތަކުގެ އެންމެ ކުރީ ސަފުގައި ގުނާލެވޭ ވިޔަފާރިއަކަށް ލިއުމިއާ އޮންލައިން ވަނީ ވެފައެވެ. ޑެލިވަރީ ހިދުމަތުގައި ކުރިއަރައިގޮސް، އަދު ލިއުމިއާ އޮންލައިނަށް އަމިއްލަ ޑެލިވަރީ ފްލީޓެއް(އަމިއްލަ ޑެލިވަރީ ޓީމަކާއި އުޅަނދުތައް) ލިބިފައިވާކަން ހާއްސަކޮށް ފާހަގަކޮށްލެވެއެވެ.

ލިއުމިއާ ވަނީ ފަހުރުވެރިކަމާއެކު މި ވިޔަފާރިއަށް އެތައް ބާވަތެއްގެ ސާމާނު އިތުރުކޮށްފައެވެ. އޭގެ ތެރޭގައި އެނދާބެހޭ ސާމާނު، ކުޑަކުދިންގެ ސާމާނު، ހަދިޔާ ޕެކްސް، ގޭތެރެއަށް ބޭނުންވާ ސާމާނުގެ އިތުރުން ޒީނަތްތެރިވުމަށް ބޭނުންވާ ސާމާނާއި އަންނައުނުގެ އެކި ވައްތަރުތަކާއި އަދިވެސް އެެތައް އެތައް ގިނަ ސާމާނުތަކެއް މިއަދު ލިއުމިއާއިން ލިބެން އެބަހުއްޓެވެ.

ޔަގީންކަމާއި އިތުބާރު ލިބިފައިވާ ފެންވަރު ރަނގަޅު މޮޅު ސާމާނު ހޯއްދެވުމަށް ލިއުމިއާ ހިޔާރު ކުރައްވާށެވެ. ވަގުތު ސަލާމަތް ކުރެވުމާއެކު އިތުބާރުހިފޭ މުދާ ލިބިވަޑައިގަންނަވާނެއެވެ. ހަމައެހެންމެ މުނާސަބު ވަގުތާއި ހާލަތާ ގުޅޭ މޭކަޕާއި ސެންޓުގެ ބާވަތްތަކާއި ޒަމާނާގުޅޭ ސްޓައިލްތަކުގެ އަންނައުނު ހޯދުމަށް ލިއުމިއާ ސްޓައިލަށް ޒިޔާރަތްކޮށްލައްވާށެވެ!