ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި ވާދަކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށަހަޅުއްވާފައިވާ ގޮތަށް، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް އަންނަ އޮކްޓޫބަރު މަހުުގެ 30 ވަނަ ދުވަހުގެ ކުރިން ނެގުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ވެރިކަމުގެ ނިޒާމު ބަދަލު ކުރުަމށް ރައްޔިތުންގެ މަޖިލީހަށް ގަރާރު ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބެވެ. އިލްޔާސް ލަބީބުގެ ގަރަރުގައި ފުރަތަމަ ހުށަހެޅީ ނޮވެމްބަރު 30 ގެ ކުރިން ފެންނަ ނުފެންނަ ވޯޓެއް ނެގުމަށެވެ.
އިލްޔާސް ލަބީބް ހުށަހަޅުއްވާފައިވާ ގަރާރާ ގުޅޭގޮތުން މުޅި މަޖިލީހުގެ ކޮމިޓީގައި ކުރިއަށް ގެންދިޔަ ބަހުސްގެ ތެރެއިން އޭނާ ވަނީ އެ ގަރާރަށް އިސްލާހެއް ހުށަހަޅުއްވައިފައެވެ.
އިސްލާހުގައި ވަނީ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހު، ރާއްޖޭގައި ވެރިކަން ކުރުމުގެ ނިޒާމު ބަދަލުކުރުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދަން އާންމު ވޯޓެއް ނެގުމަށް ސީދާ މަޖިލީހުން އިލެކްޝަންސް ކޮމިޝަނަށް އެންގުމަށެވެ.
އޭގެ ފަހުން އެ ގަރާރު މަޖިލީހުން ވެސް ވަނީ ފާސްކޮށްފައެވެ. އެ ގަރާރު ފާސްކޮށްފައި ވަނީ 35 މެންބަރުންގެ ވޯޓުންނެވެ. ގަރާރު ފާސްކުރުމާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓެ ދެއްވާފައެއް ނުވެއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ދެވަނަ ބުުރުގައި އެއްވެސް ޕާޓީއަކަށް ތާއިދުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ އުޅުއްވާ ޑިމޮކްރެޓްސްއިން، ވަކިި ޝަރުތުތަކެއް ކަނޑައަޅައި ޕާޓީ ތެރެއިން ވެސް ވަކި ގަރާރެއް ވަނީ ފާސްކޮށްފައެވެ.
އެ ގަރާރުގައި ބުނެފައިވާ ގޮތުގައި އެމްޑީޕީގެ ސަރުކާރާއި ގުޅޭނީ ނިޒާމީ ވޯޓު މި މަހުގެ 28 ވަނަ ދުވަހުގެ ކުރިން ނަގަން މި މަހުގެ 20ގެ ކުރިން އެއްބަސްވާނަމަ ކަމަށާއި، ޕީޕީއެމް ޕީއެންސީއާ ގުޅޭނީ އެ ސަރުކާރުގެ ހިއްސާ އެ ޕާޓީއަށް ލިބޭނެ ކަމަށް މި މަހުގެ 20 ކުރިން އެއްބަސްވެގެންނެވެ.
އަދި އެ ގޮތަށް ދެ ޕާޓީން ވެސް އެއްބަސްނުވާނަމަ އެއްވެސް ޕާޓީއަށް ތާއިދުނުކުރަން ވަނީ ނިންމައިފައެވެ.
ނިޒާމީ ވޯޓެއް ނެގުމަކީ މިހާރުން މިހާރަށް ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެކަމަށް މަދުވެގެން 30 ދުވަސް ބޭނުންވާނެ ކަމަށް އީސީން ވެސް ވަނީ ބުނެފަ އެވެ.
ނިޒާމީ ވޯޓާ ގުޅެގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވެސް ވަނީ ތާއިދު ކުރައްވައިފަ އެވެ. އެހެން ނަމަވެސް ރައީސް ވިދާޅުވީ ނިޒާމީ ވޯޓު ނަގަން އެއްބަސް ވެވޭނީ ރިޔާސީ އިންތިހާބުގެ ފަހުން ކަމަށެވެ. ނިޒާމީ ވޯޓު ނެގުމަށް އިދިކޮޅު ޕީޕީއެމް އިންވެސް ތާއިދު ކުރަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ފަހުންނެވެ.
މިއީ ގައުމު ފަސާދަ ކުރުމަށް ކުރަމުންދާ މަސައްކަތްތަކެއް. ދިވެހިން މިކަމަކަށް އާނއެކޭ ނުބުނާނެ