ބޭންކު އޮފް މޯލްޑިވްސްގެ އޭޓީއެމް ގެ ޙިދުމަތް ހއ. ކެލައަށް

0

ހއ. ކެލާގައި އޭޓީއެމްގެ ހިދުމަތް ދިނުމަތް ދިނުމަށް ބޭންކް އޮފް މޯލްޑިވްސް އިން ތައްޔާރުވަމުން އަންނަ ކަމަށް އެ ބޭންކުން ބުނެފި އެވެ.

ހއ. ކެލާގައިވެސް ބީއެމްއެލް ގެ އޭޓީއެމްގެ ޙިދުމަތް ވަނީ ދޭން ފަށާފައި

ބީއެމްއެލް އިން ބުނީ އޭޓީއެމްގެ ހިދުމަތް ދޭނީ އީދު ބަންދަށް ފަހު ކަމަށެވެ. މި އޭޓީއެމްއާ އެކު ހއ. ގައި ބީއެމްއެލުން އޭޓީއެމްގެ ޚިދުމަތް ދޭ ރަށްތަކުގެ އަދަދު އަށަކަށް އަރާނެ އެވެ. އެ އަތޮޅުގައި ހޯރަފުށި، އިހަވަންދޫ އަދި ދިއްދޫގައި ބޭންކުގެ ތިން ބްރާންޗް މެދުވެރިކޮށް ދަނީ ހިދުމަތް ދެމުންނެވެ.

“އީދު ބަންދަށް ފަހު ހުޅުވޭ ހަފްތާގެ ތެރޭގައި އަޅުގަނޑުމެންނަށް ކެލާގައި އޭޓީއެމް ޚިދުމަތް ދޭން ފަށާނެ. މި ޚިދުމަތް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި، ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ޚިދުމަތް ލިބިގެންދާނެ،” ބީއެމްއެލްގެ އޮފިޝަލަކު ވިދާޅުވި އެވެ.

Advertisements

ބީއެމްއެލުން ބުނީ މި ހިދުމަތާ އެކު ކެލާގެ ރައްޔިތުންނަށާއި އަދި ކެލާ ކައިރީގެ ރަށްރަށުގެ ރައްޔިތުންނަށް ވެސް ވަރަށް ބޮޑު ލުއި ފަސޭހަކަމެއް ލިބިގެންދާނެ ކަމަށެވެ.

ކެލާގެ އިތުރުން ހއ. ބާރަށުގައި އޭޓީއެމް ޚިދުމަތް ދިނުމަށްޓަކައި ވެސް ބީއެމްއެލް އިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

މިއަހަރުގެ މިހާތަނަށް ބީއެމްއެލް އިން ފަސް ރަށެއްގައި ސެލްފް ސަވިސް ބޭންކިންގެ ޚިދުމަތް ދީފައިވެ އެވެ. މީގެ ތެރޭގައި ރ. އަލިފުއްޓާއި ރ. އުނގޫފާރާއި ބ. ތުޅާދު އާއި ލ. މާވަށާއި ގދ. ގައްދޫ ހިމެނެ އެވެ. މިހާރު ރާއްޖޭގެ އެކި ހިސާބުތަކުގައި ބީއެމްއެލްގެ 108 އޭޓީއެމުން ހިދުމަތް ދެ އެވެ.

Advertisements