ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހީމްގެ ތަރުޖަމާނު އަލީ ސާލިހު ވެސް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ސާލިހަށް ތާއީދުކުރައްވަން ނިންމަވައިފިކަން ހާމަކޮށްފިއެވެ.
އަލީ ސާލިހަށް މީޑިއާއަކުން ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ވިދާޅުވީ މި ވަގުތުގެ ހާލަތަށް ބަލާއިރު ރާއްޖެއަށް އޮތް އެންމެ ރަނގަޅު ޗޮއިސް އަކީ ރައީސް ސާލިހްކަމާއި އަލުން އަނިޔާވެރިކަމަށް ދާން ބޭނުން ނުވާކަމަށެވެ. އަދި ރައީސް ސާލިހަށް ދެވަނަ ދައުރެއް ދޭން މަސައްކަތް ކޮށް ތާއީދުކުރާނެކަމަށްވެސް އަލީ ސާލިހް ވިދާޅުވިއެވެ.
އަލީ ސާލިހް މި ނިންމުން ނިންމަވާ އިއުލާނު ކުރައްވާފައިވާއިރު ދެވަނަ ބުރުގައި އެއްވެސް ކެނޑިޑޭޓަކަށް ތާއީދު ނުކުރުމަށް ޖުމްހޫރީ ޕާޓީން ވަނީ ނިންމާފައެވެ. އަދި އެ ޕާޓީގެ މެންބަރުން ބޭނުން ކެނޑިޑޭޓަކަށް ތާއީދު ކުރުމުގެ ފުރުސަތު ޖޭޕީގެ ނަން ބޭނުން ނުކޮށް، ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ ހުޅުވާލައްވާފައެވެ. ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޖޭޕީގެ ލިޑަރ ވަނީ އެމްޑީޕީގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ގިނަ ކަންތައްތަކެއް ނުގަވާއިދުން ކޮށްފައިވާ ކަމުގެ ތުހުމަތުވެސްކޮށްފައެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރުކަން ކުރައްވަމުންގެންދަވާ ރިޔާޒް ރަޝީދުވެސް ރައީސް ސާލިހްއަށް ތާއިދުކުރައްވާާކަން ރޭ ހާމަ ކުރައްވާފައެވެ.
ވެއްޓެމުންދާ ވެރިކަމެއްގަ ތިޔަހިފީ