ސިޔާސީ ގޮތުން ގިނަ ތަޖުރިބާތަކެއް ކުރެވިފައިވާކަމަށާއި ރިޔާސީ އިންތިހާބުގެ ދެވަނަބުރާއި ގުޅޭގޮތުން ނިންމާގޮތެއް ވަރަށް އަވަހަށް ހާމަކުރައްވާނެ ކަމުގައި ގާސިމް އިބްރާހިމްގެ ސްޕެޝަލް އެންވޯއީ އަދި ދަނގެތީ ދާއިރާގެ ކުރީގެ މެންބަރު އިލްހާމް އަހްމަދު ވިދާޅުވެއްޖެއެވެ.
އިލްހާމް މިހެން ވިދާޅުވީ މިއަދު ޓްވީޓާގައި ކުރެއްވި ޕޯސްޓެއްގައެވެ.
އިލްހާމު ޓުވީޓުގައި ވިދާޅުވެފައިވަނީ 2008 ވަނަ އަހަރު ސިޔާސީ މައިދާނަށް ނިކުމެ މަޖިލީހަށް އިންތިހާބުވި ދުވަހުން ފެށިގެން ފާއިތުވެދިޔަ ފަނަރަ އަހަރު ތެރޭގައި ސިޔާސީގޮތުން ތަފާތު ގިނަ ތަޖްރިބާތަކެއް ކުރައްވަން ޖެހިވަޑައިގެންނެވިކަމަށެވެ. އެ މުއްދަތުގައި ފުރާނައަށް ނުރައްކާވާ ހާލަތްތަކާ އޭނާއާއި އާއިލާއިން ކުރިމަތިލާން ޖެހުނު ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
އެދުވަސްވަރު ތަހައްމަލު ކުރަންޖެހުނު ކަންތައްތަކުގެ ތެރޭގައި އަމިއްލައަށް އަރުވާލެވިގެން ރާއްޖެއިން ބޭރުގައި ހުންނަވަން ޖެހުމާއި، ކުށެއްނެތި ގިނަ ދުވަހު ހުރަގޭގައި ވަރަށް އަނިޔާވެރިކޮށް ބަންދުވެފައި އޮންނަވަން ޖެހުނު ދުވަސްތަކެއްވެސް ދިޔަކަމަށް އިލްހާމުގެ ޓުވީޓުގައި ވަނީ ވިދާޅުވެފައެވެ.
މިހުރިހާ ހިތި ތަޖުރިބާތަކުގެ އަލީގައާއި ދިވެހި ގައުމާއި ދިވެހި ރައްޔިތުންގެ ޙައްޤުގައި ސިޔާސީ ގޮތުން މުހިންމު ނިންމުމެއް ނިންމަން ޖެހިވަޑައިގެންފައިވާ ކަމަށް ވިދާޅުވެފައިވެއެވެ. ކުރިޔަށް އޮތްތަނުގައި އޭނާގެ ސިޔާސީ ހަޔާތް ތަރުތީބު ވެގެންދާނީ އެ ނިންމުމުގެ މައްޗަށެވެ. ސިޔާސީ ގޮތުން ކުރިޔަށްދާން ނިންމާފައިވާގޮތް ދިވެހި ރައްޔިތުންނަށް ވަރަށް އަވަހަށް ހާމަކުރައްވާނެކަމަށް އިލްހާމް ވަނީ ވިދާޅުވެފައެވެ.
ސިޔާސީ ކަންކަމަށް ނުކުންނަންވާނީ ވިއްސާރަ އާ ޖެހޭނެކަމަށް
ޕޕމ އަކަށް ތިކަަހަލަ ދެފުއްކެހެރިން ބޭނުމެއްނުވޭ