ސައުދީ އަރަބިއްޔާގެ ޓްރަކް ޑްރައިވަރަކު ގެއްލިގެން ހޯދަމުންދާތާ ތިން ދުވަސްފަހު ފެނިއްޖެއެވެ. ފުލުހުން އޭނާ ހޯދަމުން ދަނިކޮށް ފެނިފައިވަނީ ވާދީއެއްގެ ތެރޭގައި ސުޖޫދުގައި މަރުވެފައި އޮއްވައެވެ.
ދުވައިހީ ހަމޫދު އަލް އަޖަލީން ،40، ގެ އެއްވެސް ޚަބަރެއް ނުވެގެން އޭނާ އާއިލާއިން ފުލުހުންނަށް ރިޕޯޓް ކުރުމުން، ފުލުހުންގެ ރެސްކިއު ޓީމުތަކުން ދުވައިހީ ހޯދަމަށް ތިން ދުވަސް ވަންދެން ބޮޑު ސަރަަހެއްދެއް ބެލިއެވެ. ދުވައިހީ ފެނުނީ އޭނާ ދުއްވާ ޓްރަކާ ކުޑަ ތަންކޮޅެއް ދުރުގައި ސުޖޫގައި މަރުވެފައި އޮއްވައެވެ.
ސައުދީ ފުލުހުން "ސައުދީ ގެޒެޓް" އަށް މައުލޫމާތު ދީފައިވާ ގޮތުގައި ނަމާދު ވަގުތު ޖެހުމުން ވާދީއަށް ޓްރަކް މަޑު ކުރުމަށްފަހު ދުވައިހީ މަސައްކަތް ކޮށްފައި އެވަނީ ނަމާދު ކުރުމަށެވެ. އަދި ދުވައިހީގެ ފުރާނަ މާތްﷲގެ ހަޟްރަތަށް ގެންދަވާފައި ވަނީ ސުޖޫދުގައި (ސަޖިދަ) އޮއްވައެވެ. މިމަންޒަރު ދައްކުވައިދޭ ފޮޓޯތަކާއި ވީޑިއޯތައް ވަނީ ސޯޝިއަލް މީޑިޔާގައި ވަރަށް ބޮޑަށް ވައިރަލް ވެފައެވެ.
ސައުދީ އަރަބިއްޔާގެ ވާދީތަކުގައި ދޭތެރެ ދޭތެރެއިން މީހުން މަރުވުމުގެ ހާދިސާތައް ހިނގައެވެ. މިއަހަރު ހިނގި ހާދިސާއެއްގައި ދެބަފައިން ދަތުރު ކުރި ކާރެއް ވާދީއަށް ހުއްޓި ބޯނެ ފެންފޮދެއް ލިބޭނެ ގޮތެއް ނުވެގެން ދެބަފައިން ވަނީ މަރުވެފައެވެ.