އަރމީނިއާއި އަޒަރްބައިޖާންގެ ދެމެދު ހަމަލާތައް ބަދަލުކޮށްފިއެވެ. އަރމީނިއާއިން ބުނެފައިވަނީ އަޒަރްބައިޖާންގެ ދެ ހެލިކޮޕްޓަރުތަކެއް ވައްޓައިލައި 3 ޓޭންކެއް ގޮއްވާފައިވާ ކަމަށެވެ.
މި ހަމަލާތަކުގައި ކަރަބާޚްގެ 16 މީހަކު މަރުވެ 100 މީހަކު ޒަޚަމްވެފައި ވެއެވެ.
އަޒަރްބައިޖާނުން ވަނީ މި ވާހަކަ ދޮގުކޮށްފައެވެ.
އަޒަރްބައިޖާންގައި ރައީސް އިލްހާމް އާލިއޭވް ވަނީ ބައެއް ސިޓީތަކުގައި ކާފިއު އިޢްލާން ކުރައްވައި ބައެއް ސަރަހައްދުތަކުގައި ސިފައިންގެ ވެރިކަން އިޢްލާން ކުރައްވާފައެވެ.
އަޒަރްބައިޖާން ސިފައިންނަށް ގެއްލުންތަކެއް ލިބުނު ކަމަށް ގައުމާ މުޚާތަބު ކުރައްވައި ވާހަކަ ދައްކަވަމުން އާލިއޭވް ވިދާޅުވިއެވެ.
ކްރިސްޓިއަން އަރމީނިއާ އަކީ މުސްލިމު ތުރުކީއާއި އަޒަރްބައިޖާންއާ ދެމެދު ފިތިފައި އޮންނަ ކުޑަ ގައުމެކެވެ.
އާމިނީއާގެ ކްރިސްޓިއަނުންގެ ގަތުލުއާންމެއް ތުރުކީން މިދިޔަ ގަރުނުގައި ހިންގި ކަމަށް ތުހުމަތުކުރާ މައްސަލައަށް އަރމީނިއާއިން ތުރުކީއަށް އަދިވެސް މައާފެއް ނުކުރެއެވެ.
ތުރުކީން ވަނީ އާމިނިއާއިން އަޒަރްބައިޖާންއާ ދެކޮލަށް އުދުވާނެއް ހިންގީކަމަށް ބުނެ ހަމަލާތައް ކުށްވެރިކޮށްފައެވެ.
ޖުލައި މަހު ނަގޯރްނޯ ކަރަބާޚްގައި ހަމަލަތައް ބަދަލު ކުރިފަހުން ތުރުކީން ވަނީ އަޒަރްބައިޖާންއަށް އަސްކަރީ އެހީދީ ތަމްރީންތައް ބާއްވަން ފަށާފައެވެ.
ނަގޯރްނޯ ކަރަބާޚްއަކީ 1994ން ފެށިގެން މިނިވަން ގައުމެއްކަމަށް އިޢްލާން ކޮށްފައިވާ ސަރަހައްދެކެވެ. ނަމަވެސް މިތަނުގެ މިނިވަންކަން ބަލައި ގަންނާނެ ބަޔެއް ނުވެއެވެ. މިއީ އަރމިނިއާއިން ހިތްވަރުދޭ ވަކިވެގަންނަން އުޅޭ ބަޔަކު އުޅޭ ސަރަހައްދީ ބަފަރ ޒޯނެކެވެ.
އަރމީނިއާގެ ބޮޑު ވަޒީރު ނިކޯލް ޕަޝްނިއާން ވިދާޅުވީ ޔަރަވަން އިން ދަނީ، ނަގޯރްނޯ ކަރަބާޚްގެ މިނިވަންކަން ބަލައި ގަތުމާ މެދު ވިސްނަމުންނެވެ.
އަޒަރްބައިޖާންއާއި އަރމީނިއާ އަކީ ކުރިން ސޯވިއެޓް ދެ ގައުމެވެ. ރަޝިއާގެ ޚަރިޖީ ވަޒީރު ސަރްޖީ ލާވްރޯވް ގެންދަވަނީ މަސްރަހް ފިނިކުރުމަށް މަސައްކަތް ކުރައްވަމުންނެވެ.