ޅ. އޮޅުވެލިފުށީގެ ބިމުގެ ޖާގައިގެ މައްސަލަ ހައްލުކޮށް ދިނުމަށް ބިން ހިއްކައި، ބަނދަރު ތަރައްގީ ކޮށްދެއްވައި އެރަށުގެ ތަރައްގީއަށް ބޭނުންވާ ގިނަ ކަންތައްތަކެއް ކޮށްދެއްވާނެ ކަމުގެ ޔަގީކަން ޑރ. މުއިއްޒު ދެއްވައިފިއެވެ.

ރިޔާސީ އިންތިހާްބުގެ ދެވަނަ ބުރުގެ ކެމްޕޭންގައި ޅ. އޮޅުވެލި ފުއްޓަށް ވަޑައިގެން މުއިއްޒު ވަނީ އެރަށުގެ ރައްޔިތުންނަށް އުފާވެރި ޚަބަރުތަކެއް ދެއްވާފައެވެ. މުއިއްޒު ވިދާޅުވީ އޮޅުވެލީ ފުށީގެ ރައްޔިތުންނަކީ ތަރައްޤީގެ ގިނަ ކަންތައްތަކަށް ބޭނުންވެފައިވާ އެކަންކަން ވީހާވެސް އަވަހަށް ބޭނުންވާ ރައްޔިތަކު ދިރިއުޅޭ ރަށެއް ކަމަށެވެ. މުއިއްޒު ވިދާޅުވީ ޚިދުމަތް ދިނުމުގައި ސިޔާސީ ފިކުރަކަށް، ކުޑަ އާބާދީއަކަށް ބޮޑު އާބާދީއަކަށް ނުބަލައި ޚިދުމަތް ފޯރުކޮށް ދެއްވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

އަޅުގަނޑު ތިޔަ ބޭފުޅުންނަށް ހަމަހަމަ ކަމާއިއެކު ހިދުމަތްދޭނަން. ރައްޔިތުން ވާނީ ރައްޔިތުންނަށް. އެރަށެއްގައި ކުޑަ އާބާދީއެއް އޮތަސް، ބޮޮޑު އާބާދީއެއް އޮތް ނަމަވެސް ތަފާތު ކުރުމެއްނެތި ހިދުމަތް ދޭނަން،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު އޮޅުވެފުށްޓަށް ވެވަޑައިގެންނެވި ވައުދުތައް:

  • – ބަނދަރުގެ މައްސަލަތަކަށް ދާއިމީ ހައްލު ހޯދާ ދޭނަން
  • ދޯނި އެހެލާ ސަރަހައްދެއް ގާއިމް ކޮށްދޭނަން
  • ސިއްހީ މަރުކަޒު އަޕްގްރޭޑް ކޮށްދޭނަން
  • ގުރުއާނާ ބެހޭ މަރުކަޒުގެ ގޮތްޕެއް ގާއިމް ކޮށްދޭނަން
  • ރަށް ގިރުމުގެ މައްސަލައަށް ހައްލު ގެނެސްދޭނަން
  • ކުނި މެނޭޖް ކުރެވޭނެ ގޮތްތަކެއް ހަމަޖައްސާނަން
  • ޒުވާނުންގެ މަރުކަޒެއް ގާއިމް ކޮށްދޭނަން، އިންޑޯ، އައުޓްޑޯ ކުޅިވަރު ކުޅެވޭނެ ގޮތަ
  • ރަނގަޅު ފެންވަރުގެ ފުޓުބޯޅަ ދަނޑެއް ގާއިމް ކޮށްދޭނަން

މުއިއްޒު ވިދާޅުވީ އޮޅުވެލި ފުއްޓަށް ދިމާވެފައިވާ ބޯހިޔާ ވަހިކަމުގެ މައްސަލައަށް ބިން ހިއްކައި ދިނުމުން ބޮޑު ތަސައްލީއެއް ލިބިގެންދާނެކަމަށެވެ. އަދި ބިން ހިއްކުމުގެ ސަބަބުން ރަށުގެ އެހެން އިގުތިދީ މަސައްކަތްތަކެއްވެސް ބޮޑު ހައްލެއް ލިބިގެންދާނެކަމަށް މުއިއްޒު ވަނީވިދާޅުވެފައެވެ. އަދި މުއިއްޒު ވަނީ އޮޅުވެލި ފުށީިގައި ހިނގާ މަސައްކަތް ހުއްޓާނުލައި ކުރިއަށް ގެންގޮސް ބާރު ސްޕީޑުގައި ނިންމާލަ ދެއްވާނެ ކަމަށްވެސް ވިދާޅުވެފައެވެ.

އަދި އެރަށުގެ އެކި ވަޒީފާތަކުގައި ތިއްބެވި ބޭފުޅުންނަށް ވަޒީފާގެ ބިރެއް ނޯންނާނެ ކަމުގެ ޔަގީންކަން މުއިއްޒު ވަނީ ދެއްވާފައެވެ. އެއްވެސް ބޭފުޅަކު ވަޒީފާއިން ވަކިކޮށް، ވަޒީފާ ގެއްލޭފަދަ ކަމެއް ނުކުރާނެ ކަމުގެ ޔަގީންކަން މުއިއްޒު ވަނީ ދެއްވާފައެވެ.