އިންޑޮނޭޝިއާގެ ކޯޓަކުން އެގައުމުގެ ކުފުރުގެ ގާނޫނާ ހިލާފުވި މުސްލިމް އަންހެން ޓިކްޓޮކް ތަރިޔަކު ދެ އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފިއެވެ.

އިންޑޮނޭޝިޔާ ކޯޓުން މިއަންހެން މީހާގެގެ މައްޗަށް 2 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރީ ޓިކްޓޮކްގައި މިއަންހެން މީހާ އޫރު މަސް ކެއުމުގެ ކުރިން، މުސްލިމުންގެ ދުއާއެއްގެ ވީޑިއޯއެއް އާންމު ކުރުމުންނެވެ.

ސުމަޓްރާ ޖަޒީރާގެ ޕަލެމްބަންގް ސިޓީގެ ކޯޓުން ލީނާ ލުތުފިއާވާތީ، 33، ގެ މައްޗަށް ދީނީ ފަރުދުންނާއި ޖަމާއަތްތަކާ މެދު "ނަފްރަތު އުފެއްދުމުގެ" ކުށް ސާބިތުވުމުން 5،2416 ޑޮލަރު ޖޫރިމަނާއެއް ވަނީ ކޮށްފައެވެ. ފައިސާ ނުދައްކައިފިނަމަ އޭނާގެ ޖަލު ހުކުމް ތިން މަސް އިތުރު ކުރެވިދާނެއެވެ.

އިންޑޮނޭޝިއާ އަކީ ދުނިޔޭގައި މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ އެންމެ ބޮޑު ގައުމެވެ. އަދި އޫރުގެ މަސް ކެއުމަކީ އިސްލާމްދީނުގައި ހަރުކަށިކޮށް މަނާކޮށްފައިވާ ކަމެކެވެ.

ބޮލީވުޑް ފިލްމުތަކަށް ލޯބިކުރާތީ އިންޑިއާގެ މަޝްހޫރު ރާނީ މުކަރްޖީ އާއި އެއްފަދަ ނަމެއް ކިޔާ ލީނާ ލުތުފިއާވާތީ އަކީ މުސްލިމެއްތޯ ދެނެގަންނަން ޖެހުނީ ކޯޓުގެ ލިޔެކިޔުންތަކުންނެވެ.

ދެ މިލިއަނަށް ވުރެ ގިނަ ޓިކްޓޮކް ފޮލޯވަރުން ތިބި ލައިފްސްޓައިލް އިންފްލޫއެންސަރ ލުތުފިއާވާތީއަކީ އިންޑިއާގައި ވެސް ވިޔަފާރިއެއް ހިންގާ މީހެކެވެ. އޭނާ ވަނީ ކްރިސްޕީ އޫރު ހަން ކެއުމުގެކުރިން "ބިސްމިއްލާހް" ، "މާތްރަސްކަލާނގެ ނަންފުޅުގައި" މާނަ ދޭހަވާ ޢަރަބި ދުޢާއެއް ކިޔާފައިވާ ވީޑިއޯއެއް ޓިކްޓޮކުގައި އާންމުކޮށްފައެވެ. އެވަގުތު އޭނާ ދަތުރުކުރަމުން ދިޔައީ އިންޑޮނޭޝިއާގެ ފަތުރުވެރިންގެ ހޮޓްސްޕޮޓެއް ކަމަށްވާ ބާލީއަށް ކަމަށާއި އެއީ އެގައުމުގެ އެހެން ސިޓީތަކާ ޚިލާފަށް ގިނަ އަދަދެއްގެ ހިންދޫ އާބާދީއެއް އޮންނަ ތަނެކެވެ. ލުތުފިޔާވަތީ ބުނީ އޭނާ އޫރުމަސް ކެއީ ޝައުގުވެރިކަން އެކަމަށް ހުރުމުން ކަމަށެވެ.

ޝަރީއަތަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެމުން ލުތުފިޔާވަތީ ބުނިގޮތުގައި އެ ހުކުމާ މެދު ހައިރާންވެފައިވާ ކަމަށެވެ. "އަހަންނަށް އިނގޭ އަހަރެން ގޯސްކަން އެކަމަކު މި އަދަބު ލިބޭނެ ކަމަށް އުންމީދު ނުކުރަން،" ލޯކަލް ނިއުސް ސްޓޭޝަން މެޓްރޯޓީވީގައި އޭނާ ބުންޏެވެ. މި ވީޑިއޯ އެތައް މިލިއަން ބަޔަކު ބަލާފައިވާއިރު، ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައެވެ. އަދި އިންޑޮނޭޝިޔާގެ ދީނީ ގިނަ ޖަމާއަތްތަކުންވެސް ވަނީ މިއީ ކުފުރުގެ އަމަލެއްކަމުގައި ކަނޑައަޅާ ހުކުމްތައް ނެރެފައެވެ. މީގެ ތެރޭގައި އިންޑޮނޭޝިއާގެ އެންމެ އިސް މުސްލިމް ދީނީ އިލްމުވެރިންގެ ޖަމާއަތް ކަމަށްވާ އުލޭމާ ކައުންސިލް ވެސް ހިމެނެ އެވެ.