ސަން ސިޔާމް އޮޅުވެލި ރިސޯޓުން އިތުރު 32 މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އެޗްއީއޯސީން ބުނީ މިއަދު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި 87 މީހުންގެ ތެރެއިން 32 މީހުން ޕޮޒިޓިވް ވެފައިވަނީ ސަން ސިޔާމް އޮޅުވެލި ރިސޯޓުން ކަމަށެވެ. އެގޮތުން އެ ރިސޯޓުން ޕޮޒިޓިވް ވެފައިވާ އެންމެންނަކީ ވެސް ސްޓާފުން ކަމަށް އެޗްއީއޯސީން ހާމަކުރެއެވެ.

ރާއްޖޭގެ އެކި ރިސޯޓުތަކުން ކޮވިޑްގެ ކޭސްތައް ފެންނަމުންދާއިރު، އެޗްއީއޯސީން ވަނީ ބައެއް ރިސޯޓުތަކުން ބަލީގެ އަލާމާތް ހުންނަ މީހުން ޓެސްޓް ނުކުރާ މައްސަލަ ފާހަގަވެފައިވާ ކަމަށް ބުނެފައެވެ.