ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓްލެވޭ މީހުންގެ ދާއިމީ ލިސްޓް އިލެކްޝަންސް ކޮމިޝަނުން މިއަދު އާންމުކޮށްފިއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ރީ-ރަޖިސްޓްރީކުރުމަށް ހުޅުވާލީ މިމަހުގެ 15 އިން 17 އަށެވެ. މި މުއްދަތުގެ ތެރޭގައި ޖުމްލަ 47714 މީހުން ރީ-ރަޖިސްޓްރީ ކުރުމަށް ހުށައެޅިއެވެ.

އޭގެތެރެއިން އޮންލައިންކޮށް ރަޖިސްޓްރީކުރުމަށް 26011 މީހުން ހުށަހަޅާފައިވެއެވެ. އަދި ކަރުދާސް ފޯމުގެ ގޮތުގައި، އީސީގެ ކައުންޓަރުތަކަށް 21703 ފަރާތަކުން ވަނީ ހުށަހަޅާފައެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި 282803 ފަރާތަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ. އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓަރސް ލިސްޓަށްވުރެ، އިތުރު 408 ފަރާތަކަށް ދެވަނަ ބުރުގައި ވޯޓުލުމުގެ ހައްގު ވަނީ ލިބިފައެވެ.

ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ މިމަހުގެ 30ވަނަ ދުވަހުއެވެ.