ގއ. ދާންދޫން އިތުރު 4 މީހުން ޕޮޒިޓިވް ވެއްޖެއެވެ.

ބައެއް މީީޑިއާތަކަށް މައުލޫމާތު ދެއްވަމުން އެރަށު ކައުންސިލް ރައީސް އިސްމާއިލް މުހައްމަދު ވިދާޅުވީ، އެރަށުން އިއްޔެ އިތުރު ހަތަރު މީހުން ޕޮޒިޓިވް ވެފައިވާ ކަމަށާއި އޭގެ ތެރެއިން ތިން މީހުންނަކީ "ކޮއިމަލާ 4" ފެރީން ދަތުރުކުރި މީހުން ކަމަށެވެ.

އިސްމާއިލް ވިދާޅުވީ، އިއްޔެ ފެނުނު ކޭސް ތަކަކީ އެންމެފުރަތަމަ އެރަށުން ޕޮޒިޓޮވްވި ދެމީހުންގެ ޑައިރެކްޓް ކޮންޓެކްޓުން ކަމަށެވެ.

މީގެއިތުރުން އިސްމާއިލް ވިދާޅުވީ، ރަށުގައި އެޅިފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަށް ވަރުގަދަ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އަދި ޑައިރެކްޓް ކޮންޓެކްޓުން ހޯދައި ޓެސްޓު ކުރުމުގެ މަސައްކަތް މިހާރުވެސް ކުރެވެމުންދާ ކަމަށެވެ.