ރިޔާސީ އިންތިހާބު ދެވަނަ ބުރުގައި ރާއްޖޭން ބޭރުގައި ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވަނީ 6،223 މީހުން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ވިދާޅުވެއްޖެއެވެ.

އިލެކްޝަން ކޮމިޝަންގެ ނައިބް ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ރާއްޖޭން ބޭރުގައި ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވަނީ 3327 މީހުން ކަމަށެވެ. ދެ ވަނަ ބުރުގައި، ރާއްޖޭން ބޭރުގައި ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވަނީ 6223 މީހުން ކަަމަށްވެސް ހަބީބު ވިދާޅުވިއެވެ.

ވުމާއެކު ފުރަތަމަ ބުރަށް ވުރެ، ދެވަނަ ބުރުގައި ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް ރާއްްޖެއިން ބޭރުގައި ރަޖިސްޓްރީ ކުރި މީހުންގެ އަދަދު ވަނީ ދެ ގުނަ އަށް އިތުރު ވެފައެވެ.

އީސީގެ މައުލޫމާތު ބުނާގޮތުގައި ރާއްޖެއިން ބޭރުގައި މިފަހަރު ވޯޓުލުމަށް އެންމެ ގިނައިން ރެޖިސްޓަރކޮށްފައި ވަނީ މެލޭޝިއާއިންނެވެ. މެލޭޝިއާގައި 2،520 މީހުން ވަނީ ރެޖިސްޓަރ ކޮށްފައެއެވެ.

ދެން އެންމެ ގިނަ މީހުން ރެޖިސްޓަރކޮށްފައި ވަނީ ސްރީ ލަންކާއަށެވެ. ތިން ވަނައަށް އެންމެ ގިނަ މީހުން ރެޖިސްޓަރކޮށްފައި ވަނީ އިންޑިއާގައެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އޮތީ ސެޕްޓެމްބަރު 30 ވަނަ ދުވަހެވެ