ހުޅުމާލޭގައި ހުންނަ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ އޮފީސް ފަޅާލައި އެތަނުން ވައްކަންކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ ހުޅުމާލޭގައި ހުންނަ މީރާގެ އޮފީސް ފަޅާލައި ވައްކަންކޮށްފައިވާ ކަމުގެ ރިޕޯޓު މިއަދު ހެނދުނު 8:00 އެހާކަންހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

ނަމަވެސް އެތަނުގައި އަދިވެސް ފުލުހުން ހަރަކާތްތެރިވަމުންދާތީ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ނުދެ އެވެ.