ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ ދެކުނު ދާއިރާގެ މެންބަރު އަޙްމަދު ހައިތަމް އެމްޑީޕީން ވަކިވެވަޑައިގެންފިއެވެ.
މިދިޔަ އަންގާރަ ދުވަހު އެމްޑީޕީން ވަކިވެވަަޑައިގެންނެވިކަން ހާމަކުރައްވައި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލަށް ފޮނުއްވި ސިޓީގައި އޭނާ ވިދާޅުވެފައިވަނީ ވަކިވެވަޑައިގަންނަވަން ނިންމެވީ ޕާޓީގެ އުސޫލުތައް ގަބޫލު ނުކުރެއްވޭތީ ކަމަށެވެ.
ހައިތަމްގެ އިތުރުން ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވެސް ވަނީ ވަރަށްފަހުން އެމްޑީޕީން ވަކިވެވަޑައިގެން ޕީޕީއެމާ ގުޅިފައިވަޑައިގެންފައެވެ. މީގެ ކުރިންވެސް އެމްޑީޕީގެ މެމްބަރުންތަކެއްވަނީ ޕާޓީން ވަކިވެވަޑައިގެން ދަ ޑިމޮކްރެޓްސްގެ ނަމުގައި ޕާޓީއެއް އުފައްދަވައިފައެވެ. ވަކިވެ ވަޑައިގެންނެވި ބޭފުޅުންގެތެރޭގައި އެމްޑީޕީގެ ކުރީގެ ރައީސް އަދި މަޖިލީސްގެ ރައީސް މުހައްމަދު ނަޝީދު ވެސް ހިމެނިވަޑައިގަންނަވައެވެ.