ތިނެއް ޖެހުމާއި ހަމައަށް، ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން 70.37 އިންސައްތަ މީހުން ވޯޓުލާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އީސީން އާންމު ކުރި ތަފާސްހިސާބުތަކުން ދައްކާގޮތުން، މިއަދުގެ 2 ޖެހުމާއި ހަމައަށް ޖުމްލަ 199،023 މީހުން ވަނީ ވޯޓުލާފައެވެ. އޭގެތެރޭގައި ގިނައީ ފިރިހެނުންނެވެ. އެގޮތުން، 98،863 ފިރިހެނުން ވޯޓުލާފައިވާއިރު، 100،160 އަންހެނުން ވަނީ ވޯޓުލާފައެވެ.

މިއަދު ހެނދުނު 8 ޖެހުމާއެކު މާލެއާއި އަތޮޅުތަކުގައި ވޯޓުލުމުގެ ކަންކަން ވަނީ ފަށާފައެވެ. ފުރަތަމަ ބުރުގެ ތަޖުރިބާއަށް ބަލާ ވީހާވެސް ގިނަ ރައްޔިތުންނަށް ވޯޓުލުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން މިފަހަރު އީސީންވަނީ ވޯޓުލާ ގަޑިއަށް އިތުރު އެއްގަޑިއިރު އިތުރުކޮށްދެއްވާފައެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން މިއަދު ހެނދުނު 8 ފެށިގެން ހަވީރު 5 ޖެހުމާއި ހަމައަށް ކުރިއަށްދާނެއެވެ. މި ފަހަރުގެ ރިޔާސީ އިންތިހާބުގައި 282،804 މީހުންނަށް ވޯޓުލުމުގެ ހައްގު ވަނީ ލިބިފައެވެ.