އެންމެ ރަހަމީރު ކްރަންޗީ، ކްރިސްޕީ، ކުކުޅު ކާން ލިބޭނީ ކޮންތާކުންތޯ ވިސްނާލައިފިނަމަ އެންމެ ފުރަތަމަވެސް ވިސްނުމަށް އަންނަނީ "ޗިކިންގް" ގެ ރަހަތަކެވެ. ހައިކަން ފިލުވާލަން، ރަހައެހާ މީރު، ހެޔޮވަރު ވަރަކަށް އެއްމިނެއްގައި ހުރިހާ ރަހަތަކެއް ހަމަ ބާގަރ އެއް ކާން ބޭނުން ވިޔަސް "ޗިކިންގް" ވަރެއް ހަމަ ނެތޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ.

2018 ވަނަ އަހަރު މާލޭގައި އެންމެ ފުރަތަމަ ރެސްޓޯރެންޓު ހުޅުވުމާއެކުހެން "ޗިކިންގް" އަންނަނީ ކުދިބޮޑު އެތައް ބައެއްގެ ހިތްތަކުން ޖާގަ ހޯދަމުންނެވެ. ގިނަ ބައެއްގެ މަގުބޫލުކަން ހޯދަމުން އަންނަ "ޗިކިންގް" ގެ ތިންވަނަ ރެސްޓޯރެންޓު އިއްޔެ ހަވީރު ވަނީ ހުޅުވާފައެވެ. ހެންވޭރު، ބޮޑުތަކުރުފާނުމަގު/ ޕާކްސައިޑްގައި މި ރެސްޓޯރެންޓު ހުޅުވީ ބޮޑުބެރުގެ ހަރަކާތްތަކާއި ކުޑަކުދިންނަށް ހާއްސަ ކުޅިވަރުހަރަކާތްތަކަކާއެކު ހާއްސަ އަގުތަކަކާވެސް އެކުގައެވެ.

މިފަހުރުވެރި އަދި އެހާމެ އުފާވެރި މުނާސަބާގައި "ހަލި" ނޫހަށް މައުލޫމާތު ދެއްވަމުން "ޗިކިންގ" އައުޓްލެޓް ރާއްޖޭގައި ހިންގާ ބްރޫވް އެންޑް ފީސްޓް ޕްރައިވެޓް ލިމިޓެޑްގެ ހެޑް އޮފް މާކެޓިން އެންޑް އޮޕަރޭޝަން އަކިލާ ހަތޫރުސިންގ ވިދާޅުވީ މިއީ ތިންވަނަ އައުޓްލެޓްކަމަށާއި ޕްލޭނުގައި ދެން އޮތް އަމާޒަކީ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގައި އައުޓްލެޓެއް ހުޅުވުން ކަމަށެވެ.

އިއްޔެ ހުޅުވި އާ ރެސްޓޯރެންޓަށް އެތައް ބަޔަކު، ހާއްސަކޮށް ކުޑަކުދިން ގޮވައިގެން އާއިލާތަކުންވެސް ދިޔައެވެ. އޭގެ ތެރެއިން "ޗިކިންގ"ގެ ދާއިމީކަސްޓަމަރުން ވެސް ހިމެނެއެވެ.

"މިއީ ހަމަ އެއްވަނައިގެތަނެއް، މާލޭގަ އެބަހުރި މިކަހަލަ ކުކުޅުގެ ބާވަތްތައް ލިބޭ ކްރިސްޕީ ޗިކަން ލިބޭ އެހެންތަންތަންވެސް، އެކަމަކު ވާ ގޮތަކީ އެތަންތަނުގެ އަގު ވަރަށް ބޮޑަށް މިތަނާ ބަލާފައި ތަފާތު، މިތަން އަގުހެޔޮ އަނެއްކާ އެހާ ދިވެހިންނާ ގުޅޭ ކަހަލަ ރަހަތައް ހުންނަނީ،" ޗިކިންގ ގެ ދުވަސްވީ ކަސްޓަމަރަކު ބުންޏެވެ.

އެއް ކަސްޓަމަރަކު ބުނި ގޮތުގައި ޗިކިންގ އަކީ ސްޓާފުން ހިތްހެޔޮވެފައި ހިދުމަތް ވެސް އެހާ އަވަސް، އެހާ ފުރިހަމަ ތަނެއްކަމަށެވެ. އަގުހެޔޮވެފައި ރަހަތައް ހެޔޮވެރު ކަމަށެވެ. ކުޑަކުދިންގެ ތެރޭގައިވެސް "މައި ފޭވަރިޓް ޗިކިންގ ބަރގަރ،" "ކޮކި ލަވް ޗިކިންގ" ބުނި ކުދިން ތިއްބެވެ. ޗިކިންގ ގެ ފުރަތަމަ ރެސްޓޯރެންޓުން ދިމާވި ފަރާތްތަކުގެ ތެރޭގައިވެސް ގިނައީ އެތަނަށް ވަރަށް އާންމުކޮށް އަންނަ މީހުންނެވެ.

ޗިކިންގ ގެ އެންމެ ހާއްސަ އެއްކަމެއްގެ ގޮތުގައި ގިނަ މީހުން ފާހަގަ ކުރީ އެކިތަފާތު މުނާސަބާ ތަކާ ގުޅިގެން އެތަނުން ކުރިއަށް ގެންދާ ޕްރޮމޯޝަން ތަކާއި އެކިކަހަލަ އިވެންޓުތަކެވެ. އީދު ދުވަސްތަކާއި ޓީޗަރުންގެ ދުވަސް، މަންމައިންގެ ދުވަސް، ހުކުރު ދުވަސްތައް، ހާއްސަ ބަންދު ދުވަސްތައް، ޗިކިންގ އިން މިފަދަ ދުވަސްތައް އިތުރަށް ހާއްސަކުރެއެވެ. ކޮންމެ އަކަސް ޗިކިންގ އަކީ ދިވެހިންގެ ލޯބިވާ ގާތް، ހާއްސަ އެކުވެރިއެކެެވެ.

މެދުއިރުމަތީގެ މަޝްހޫރު ފާސްޓް ފުޑް ޗެއިން "ޗިކިންގ" ގެ އައުޓްލެޓެއް ރާއްޖޭގައި އެންމެ ފުރަތަމަ ހުޅުވީ 2018 ވަނަ އަހަރުގައެވެ. "ޗިކިންގް" ރެސްޓޯރެންޓް މީގެ ކުރިން ހުޅުވީ ރަސްފަންނުގެ ޕެވީލިއަންގެ ބައެއްގަ އެވެ. އާ މެނޭޖްމެންޓަކާއެކު މިފަހަރު "ޗިކިންގް" ރެސްޓޯރެންޓް ހުޅުވީ މާލޭގެ އަމީރު އަހުމަދު މަގު ވެލާނާގެ ކުރިމަތީގައި ހުންނަ ހ. ސުއެޒްގަ އެވެ. އެ ރެސްޓޯރެންޓް އިއްޔެ ހުޅުވައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމެވެ.

"ޗިކިންގ"ގެ ފުރަތަމަ ރެސްޓޯރެންޓް ހުޅުވިއިރުވެސް ރާއްޖޭގައި ތިން އައުޓެލެޓެއް އަޅަން ނިންމާފައެވެ. އެ އަމާޒަށް ވާސިލުވެ، އިއްޔެ ހަވީރު މާލެސިޓީގެ ހެންވޭރުގައި "ޗިކިންގ" ގެ ތިންވަނަ ރެސްޓޯރެންޓް ހުޅުވާފައިވާއިރު ހަތަރު ވަނަ އަކަށް އައްޑޫސިޓީގައި "ޗިކިންގ" ގެ ތަނެއް ހުޅުވުމަށް މިހާރު ވަނީ ކަނޑައަޅާފައެވެ. "ޗިކިންގ"ގެ ދެވަނަ ރެސްޓޯރެންޓް ހުންނަނީ ހުޅުމާލޭގައެވެ.

ކުކުޅު ބޭނުން ކޮށްގެން ތައްޔާރު ކޮށްފައިވާ ތަފާތު ރަހަތައް ހިމެނޭ "ޗިކިންގް" ގެ ބާނީއަކީ އިންޑިޔާއަށް އުފަން އޭކޭ މަންސޫރެވެ. ދުނިޔޭގެ 17 އަށް ވުރެ ގިނަ ގައުމުގައި "ޗިކިންގް" ގެ 150 އަށް ވުރެ ގިނަ އައުޓްލެޓް ހުރެއެވެ.