އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ މައްޗަށް ކުރި ހޯއްދެވި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މިވަގުތުގެ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް، އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ މަރުހަބާ ވިދާޅުވެ ނަސޭހަތެއް ދެއްވައިފިއެވެ.

ޝައިހް އިމްރާން މިހެން ވިދާޅުވީ އެކްސް.ކޮމް ގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.

އެކްސްޕޯސްޓުގައި އިމްރާން ވިދާޅުވީ ދިވެހިން ގޮތް ނިންމައިފި ކަމަށެވެ.. އިންތިހާބީ ރައީސް މުއިއްޒަށް ގުޅާ އޭނާއަށް މަރުހަބާ ދަންނަވާފައިވާ ކަމަށެވެ. އަދި މި ހަލަބޮލި ދުވަސްވަރު ވެރިކަންކުރުމަކީ ފަސޭހަކަމެއް ކަމަށް ނުފެންނާތީ ހެޔޮގޮތުގައި ސާބިތުވެ ހުންނެވުމަށް ނަސޭހަތްތެރިވެފައިވާނެ ކަމަށް ވިދާޅުވިއެވެ.

އިންތިހާބުގެ ދެވަނަ ބުރުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން، ފުރަތަމަ ބުރުގައިވެސް އެންމެ ގިނަ ވޯޓު ހޯއްދެވީ މުއިއްޒަށް ވަނީ 53 ޕަސެންޓާއެކު 126،850 އަށްވުރެ ގިނަ ވޯޓު ލިބިވަޑައިގެންފަ އެވެ. ރައީސް ސާލިހަށް ލިބިވަޑައިގެންނެވީ 46 ޕަސެންޓެވެ. އެއީ 108،696 އަށްވުރެ ގިނަ ވޯޓެވެ.

އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި އިމްރާން ވިދާޅުވީ ދިވެހިން ގޮތް ނިންމައިފި ކަމަށާއި އިންތިހާބީ ރައީސް މުއިއްޒަށް ގުޅާ އޭނާއަށް މަރުހަބާ ދަންނަވާފައިވާ ކަމަށެވެ. އަދި މި ހަލަބޮލި ދުވަސްވަރު ވެރިކަންކުރުމަކީ ފަސޭހަކަމެއް ކަމަށް ނުފެންނާތީ ހެޔޮގޮތުގައި ސާބިތުވެ ހުންނެވުމަށް ނަސޭހަތްތެރިވެފައިވާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ސޯލިހުވެސް ވަނީ ރޭގެ ވަގުތެއްގައި ބަލި ގަބޫލުކުރައްވައި މުއިއްޒަށް މަރުހަބާ ވިދާޅުވެފައެވެ.