ފަނަރައަހަރުގެ ތަޖުރިބާއާއެކު ދިވެހިންގެ ހިތްތަކުން ޖާގަ ހޯދަމުން އަންނަ "ފަރިމަލާ" އިން ޓީޗަރުންގެ ދުވަހަށް ހާއްސަ ޑިސްކައުންޓުތަކެއް ދިނުމަށް ހަމަޖައްސައިފިއެވެ.
ފަރިމަލާ" އަކީ ރީޓެއިލްކޮށް ބޭނުންތެރި އެތައް ގިނަ ސާމާނުތަކެއް އެއްތަނަކުން ބައްލަވައިގަތުމަށް އެންމެ މޮޅު ހޮވުމެވެ. ދުނިޔޭގެ އިތުބާރާއި ޔަގީންކަން ލިބިފައިވާ ކޮލިޓީ ރަނގަޅު ސާމާނުތައް ހެޔޮއަގުގައި ލިބެން ހުންނަ "ފަރިމަލާ" އިން އަންހެން ބޭފުޅުންނަށް ހާއްސަ އަންނައުނާއި އަންޑަރގާމެންޓްސްގެ އިތުރުން ރީތިވާ ސާމާނުވެސް ލިބިވަޑައިގަންނަވާނެއެވެ.
މިއަހަރުގެ މުދައްރިސުންގެ ދުވަހާ ދިމާކޮށް "ފަރިމަލާ" އިން މިވަނީ ވަރަށް ހާއްސަ ޑިސްކައުންޓެއް ހަމަޖައްސާފައެވެ.
ފަރިމަލާ އިން މައުލޫމާތު ދީފައިވާ ގޮތުގައި މުދައްރިސުންގެ ދުވަހާ ގުޅިގެން މީރުވަސްދުވާ އެކިކަހަލަ ސެންޓުން ފެށިގެން އަންނައުނުން ވެސް %40 (ސާޅީސް އިން ސައްތަ) އާ ހަމައަށް ޑިސްކައުންޓް ލިބޭނެއެވެ. ރާއްޖޭގެ މާހައުލާ ގުޅޭ ގޮތަށް ތައްޔާރުކޮށްފައިވާ ބްރޭންޑްތަކުގެ އޮފީސް ހެދުންތައް ހޯއްދެވުމަށް "ފަރިމަލާ" ވަރެއް ހަމަ ނޯންނާނެއެވެ.
ފަރިމަލާއިން ލިބެން ހުންނަ ތަކެތީގެ ތެރޭގައި އޮފީސް ވެއަރ، އަންނައުނާއި ސެންޓު، މޭކަޕް ސާމާނު ހިމެނެއެވެ. އަދި ފަތާހެދުން، ފަތަން އެހީ ހޯދުމަށް މޫދުގައި ބޭނުން ކުރާ ސާމާނު (އިންފްލޭޓެބްލްސް)، ފެތުމަށް ބޭނުންވާ އެކިކަހަލަ ސްވިމިންގ ނޫޑްލްސް، ގޮގްލްސް، މާސްކްސް ފަދަ ތަކެތި، ވާރޭކޯޓް، ބެޑްޝީޓާއި ބާލީހުއުރަ ފަދަ އެނދާގުޅޭ ސާމާނުވެސް "ފަރިމަލާ" އިން ލިބެން ހުންނާނެއެވެ.
"މުދައްރިސުންގެ ދުވަސް" 5 އޮކްޓޯބަރ ވާ ބުރާސްފަތި ދުވަހު "ފަރިމަލާ" އިން ބައްލަވައިގަންނަވާ ސާމާނުތަކަށް 40 އިން ސައްތައާ ހަމައަށް މި ޑިސްކައުންޓް ލިބިވަޑައިގަންނަވާނެއެވެ.
'ބްރަދަރހުޑް ގްރޫޕް އޮފް ކޮމްޕެނީސް' ގެ ދަށުން ހިންގާ "ފަރިމަލާ" ގެ މިހާއްސަ ޑިސްކައުންޓް ލިބޭ ދުވަހު މިފިހާއަށް ޒިޔާރަތްކޮށްލައްވާށެވެ. މި ނަސީބުރަނގަޅު ފުރުސަތު ނަންގަވައިނުލައްވާށެވެ.
"ފަރިމަލާ" ހުންނާނީ މާފަންނު ފާމުދޭރިމަގުގައެވެ.