ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް އަދި ވަލީއަހުދު މުހައްމަދު ބިން ސަލްމާން, އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް މަރުހަބާ ދަންނަވައިފިއެވެ.

އެމަނިކުފާނު މަރުހަބާ ދެއްނެވުމުގެ ގޮތުން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޑރ.މުއިއްޒުއަށް މަރުހަބާ ފަށްފަށުން މަރުހަބާ ދަންނަވާކަމާއި އަދި ރާއްޖެއަށް އިތުރު ކުރިއެރުމާއި ފާގަތިކަމަށް ވެސް ރަސްގެފާނު އެދިވަޑައިގަންނަވާ ކަމަށެވެ.

ދިވެހިރާއްޖޭގައި ހުންނަވާ ސައުދީ ސަފީރު މެޓްރިކް އަލް ދޮސާރީ ވެސް ވަނީ ޑރ. މުއިއްޒަށް މަރުހަބާ ދަންނަވާފައެވެ.އަދި މަގާމުގެ ޒިންމާތައް އަދާކުރެއްވުމުގައި އިންތިހާބީ ރައީސަށް ކާމިޔާބު ދެއްވުން އެދިވަޑައިގަންނަވާކަމާއި،ރާއްޖެއާއި ސައުދީއަރަބިއްޔާއާ ދެމެދުގައި އޮތް ގުޅުން ކުރިއަށް އޮތް ދުވަސްތަކުގައި އިތުރަށް ބަދަހިކުރާނެ ކަމުގެ ޔަގީންކަން ވެސް ދެއްވާފައިވެއެވެ.

ސައުދީ ރަސްގެފާނުގެ އިތުރުން ސްރީލަންކާ އާއި ޕާކިސްތަން އާއި ޗައިނާ އާއި އެމެރިކާގެ އިތުރުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ ވެސް ވަނީ މުއިއްޒަށް މަރުހަބާ ވިދާޅުވެފައެވެ.