އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުއާއި އެމަނިކުފާނުގެ ނައިބު އަލްއުސްތާޒް ހުސައިން މުހައްމަދު ލަތީފް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާ ބައްދަލުކުރައްވައިފިއެވެ.
އެ ބައްދަލުވުމުގައި މަޝްވަރާކޮށްފައި ވަނީ މަޖިލީހުން ސަރުކާރަށް އަދި ސަރުކާރުން މަޖިލީހަށް އެއްބާރުލުން ދިނުމާ ބެހޭގޮތުނެވެ.
މީގެއިތުރުން މި ބައްދަލުވުމުގައި ވަނީ ރައީސުލްޖުމްހޫރިއްޔާ ހުވާކުރުމާއި ގުޅޭ ކަންކަން ވެސް ކުރައްވަމުންދާކަން ފާހަގަކުރައްވާފައެވެ.
މި ބައްދަލުވުމަކީ މަޖިލީހުގެ ރައީސްގެ ދައުވަތަކަށް ބޭއްވި ބައްދަލުވުމެކެވެ.