ޓްރީޓޮޕް ހޮސްޕިޓަލުން ބ.އޭދަފުށީގައި ކޮންޓެކްޓް ސެންޓަރެއް އިއްޔެގައި ހުޅުވައިފިއެވެ.
ޓްރީޓޮޕް ހޮސްޕިޓަލުން ބުނީ މިތަން ހުޅުވުމުގެ މަގުސަދަކީ ހިދުމަތްތަކަށް އަވަސް އަދި ފަސޭހަ ގޮތެއްގައި އެޕޮއިންޓްމަންޓާއި ބުކިން ހެއްދުމަށް ފަސޭހަތަކެއް ފޯރުކޮށްދިނުން ކަމަށެވެ.
މީގެއިތުރުން އެތަނުން ބުނީ އޯޕީޑީ އާއި އައިޕީޑީގެ ހިދުމަތްތަށް ލިބިގަންނަ މީހުންގެ އަދަދު އިތުރުވެފައިވާތީ، ހޮސްޕިޓަލަށް ގުޅުއްވައިގެން ފޯނުގައި މަޑުކުރައްވަންޖެހޭ ވަގުތު މަދުކުރުން ވެސް މަގުސަދުތަކުގެތެރޭގައި ހިމެނޭ ކަމަށެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލަކީ ދިވެހި މުވައްޒަފުންނާއި ރާއްޖެއިން ބޭރުގެ މުވައްޒަފުންނަށް ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް އަދި ވަޒީފާގެ ފަހި ފުރުސަތުތައް ފުޅާކުރުމަށް މަގުފަހިކޮށްދޭ ހޮސްޕިޓަލެކެވެ.