ސޯޝަލް މީޑިއާ ކުންފުނި މެޓާ އިން މެޓާގެ އިންސްޓަގްރާމާއި ފޭސްބުކުން އިޝްތިހާރުގެ ހިދުމަތުގެ އަގު ބޮޑުކުރަން ނިންމައިފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި، އެ ކުންފުނީގެ މޮބައިލް ޑިވައިސް އެކައުންޓްތަކުގެ އަގު ގާތްގަނޑަކަށް 13 ޔޫރޯއަށް ބޮޑުކުރަން ވަނީ ނިންމާފައެވެ. މިގޮތަށް އަގު ބޮޑުކުރަން ނިންމީ އެޕަލް އާއި ގޫގުލްގެ އެޕް ސްޓޯރުން ނަގާ ކޮމިޝަންތަކުގެ ސަބަބުންނެވެ.

ޔޫރަޕްގެ އިންސްޓަގްރާމް އަދި ފޭސްބުކް ބޭނުންކުރާ މީހުންނަށް އެޑް ފްރީ ސަބްސްކްރިޕްޝަން ޕްލޭންތަކެއް ތައާރަފް ކުރަން މެޓާ ޕްލެޓްފޯމްސް އިން ދަނީ މަސައްކަތް ކުރަމުންނެވެ. އަގުތައް ކަނޑައެޅުމުގެ ގިނަ ޕްލޭންތަކާ ބެހޭ ގޮތުން ދަނީ ވާހަކަދެކެވެމުންނެވެ. އެންމެ ފީސިބަލް ޕްލޭނަކީ 10 ޔޫރޯ (10.49 ޑޮލަރު) ގެ ޕްލޭން ކަމަށާއި ކުރިއަށް އޮތް މަސްތަކުގައި އެ ޕްލޭނަށް އަމަލު ކުރާނެކަމަށް ދަނީ ވާހަކަދެކެވެމުންނެވެ.

ރިޕޯޓާތަކުގައި ބުނާ ގޮތުގައި މިއީ ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ގަވައިދުތަކާ އެއްގޮތަށް މެޓާއިން ކުރިއަށް ގެންދިއުމަށް ކުރާ މަސައްކަތެއް ކަމަށާއި، އެ ގަވާއިދުތަކުގެ ސަބަބުން ބޭނުންކުރާ ފަރާތްތަކުގެ ރުހުމަކާ ނުލައި އިޝްތިހާރުތައް ޕާސަނަލައިޒް ކުރުމުގެ ގާބިލުކަން ލިބި، އެ ކުންފުނީގެ އާމްދަނީގެ ބޮޑު ވަސީލަތަކަށް ގެއްލުންވާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ.

ހިލޭ، އިޝްތިހާރު ސަޕޯޓްކުރާ ޕްލޭނަކާއި ޕޭޑް ސަބްސްކްރިޕްޝަނަކާ ދޭތެރޭ ޗޮއިސްއެއް ހުށަހެޅުމުން، ބޭނުންކުރާ ފަރާތްތަކުން ކުރީގެ ޕްލޭން އިހުތިޔާރުކޮށް، މެޓާގެ އިޝްތިހާރުގެ ވިޔަފާރިއަށް ބުރޫނާރާ ގޮތަށް ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރުމަށް މަގުފަހިވެގެންދާނެއެވެ.