ދިވެހި ދިދައިގެ ހިޔަލުގައި ހުވާ ކުރުމުގެ ރަސްމިއްޔާތު ބާއްވަން ބޭނުންފުޅުވާތީ ޖުމްހޫރީ މައިދާނުގައި ހުވައިކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުގައި އެދިވަޑއިގެންފައިވާ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޑރ. މުއިއްޒު މިހެން ވިދާޅުވީ ވަގުތު ނޫހަށް ދެއްވި އިންޓަވިއުއެއްގައެވެ. ވީހާވެސް ގިނަ އާންމުނަށް ބައިވެރިވެވޭ ގޮތަށް ހުވާކުރުމުގެ ރަސްމިއްޔާތު ޖުމްހޫރީ މައިދާނުގައި ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުގައި އެދިފައިވާ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ޑރ. މުއިއްޒު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން މިހާރު ނިންމަވާފައި އޮތީ މަޖިލީހުގެ އިދާރާގައި ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ރަސްމިއްޔާތު ބޭއްވުމަށް ކަމަށެވެ.

އެކަމަކު، ޖުމްހޫރީ މައިދާނުގައި ހުވާ ކުރުމުގެ ރަސްމިއްޔާތު ބާއްވަން ބޭނުންފުޅުވާ ވަހަކަ ރައީސް ނަޝީދު އަރިހުގައިވެސް ވާނީ ދަންނަވާފައިކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.

ޖުމްހޫރީ މައިދާނުގައި ހުވާކުރެއްވުމުގެ ރަސްމިއްޔާތު ބާއްވަން ބޭނުންފުޅުވަނީ ވީހާވެސް ގިނަ ރައްޔިތުންނަށް ފެންނާނެ ގޮތަށް އަދި ރައްޔިތުންނަށް ބައިވެރިވެވޭ ގޮތަށް ހުވާ ކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ބޭނުންފުޅުވާތީ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި ޖުމްހޫރީ މައިދާން ހިޔާރުކުރައްވަން ނިންމެވި އަނެއް ސަބަބަކީ ޑރ. މުއިއްޒު ވިދާޅުވި ގޮތުގައި ވެރިކަން ކުރާ ރަށުގައި އެންމެ މުހިންމު މައިދާނަށް އެ ތަން ވުމާއި ދިވެހި ގައުމީ ބޮޑު ދިދަ ވެސް ފެންނަން ހުރީމަ އެވެ.

ޑރ. މުއިއްޒު ވިދާޅުވީ ދިވެހިންގެ ރާއްޖެ އަނބުރާ ހޯދަން މަސައްކަތް ކުރާ އިރުގައި ދިވެހި ދިދައިގެ ހިޔަލުގައި ހުވާ ކުރުމުގެ ރަސްމިއްޔާތު ބާއްވަން ބޭނުންފުޅުވާ ކަމަށެވެ.