އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވަން ނިންމަވާފައިވާ ކަމަށް ރާއްޖޭގެ މަޝްހޫރު ނޫސްވެރިޔާ އަޙްމަދު އަޒާން މިރޭ ހާމަކުރައްވައިފިއެވެ.

އަޒާން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެއަށް ހެޔޮ އިސްލާހީ ބަދަލުތަކެއް ގެނައުމަށް ފެށި މަސައްކަތް ކުރިއަށް ގެންދިއުމަށް އެންމެ ރަނގަޅު މަގަކީ 2024 ވަނަ އަހަރު އިންތިހާބުކުރާ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި މަސައްކަތްކުރުން ކަމަށް ގަބޫލުކުރެއްވޭ ކަމަށެވެ.

އެގޮތުން އައްޑޫ ސިޓީގެ ހިތަދޫ މެދު ދާއިރާގެ ޕީޕީއެމް/ޕީއެންސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ނިންމަވާފައިވާ ކަމަށް އަޒާން ވިދާޅުވިއެވެ.

''މިކަމުގައި އަޅުގަނޑަށް އެހީތެރިވާން ބޭނުންފުޅުވާ އެންމެހާ ބޭފުޅުން އަޅުގަނޑަށް މެސެޖުކޮށްދިނުން އެދެން،'' .
އަޒާން ވިދާޅުވިއެވެ

އަޒާންއަކީ ދިޔަރެސް ނޫހުގެ ކޯ ފައުންޑަރެކެވެ. މި ދައުރުގައި ސަރުކާރު ޖަވާބުދާރީ ކުރަން ނޫސްވެރިއެއްގެ ހައިސިއްޔަތުން ގިނަ މަސައްކަތްތަކެއް ކުރެއްވިއެވެ.