ޓްރީ ޓޮޕް ހޮސްޕިޓަލުން މުޅިން އަލަށް ކުރި ދާއިމީ ޕޭސްމޭކަރ އިމްޕްލާންޓް ކުރުމުގެ ޕްރޮސީޖަރ ކާމިޔާބު ކޮއްފިއެވެ.

އެ ހޮސްޕިޓަލުން މި ޕްރޮސީޖަރ ކާމިޔާބު ކޮއްފައިވަނީ ކޮންޑަކްޝަން ސިސްޓަމް ނުވަތަ ހިތުގެ ސިގްނަލް ފޮނުވައިދޭ ނިޒާމުގެ ޕޭސިންގ ރާއްޖޭގައި މުޅިން އަލަށް ތައާރަފް ކޮއްގެންނެވެ. މި ޕްރޮސީޖަރ ކާމިޔާބުކަމާއެކު ފުރިހަމަ ކޮއްފައިވަނީ ޓްރީ ޓޮޕް ހޮސްޕިޓަލުގެ ކާޑިއޮލޮޖިސްޓުން ކަމަށްވާ ޑރ. މިގްދާތު ޝަރީފް އަދި ޑރ. އަމިތު އަގަރްވާލްއެވެ.

މި ޕޭސިންގ ޕްރޮސީޖަރއަކީ ހިތުގެ ސިގްނަލް ފޮނުވައިދޭ ނިޒާމަށް ސީދާ ބާރުފޯރުވައިގެން ހިތުގެ ވިންދު ރެގިއުލޭޓް ކުރުމަށް އާޓިފިޝަލް އިލެކްޓްރިކަލް ސްޓިމިއުލޭޝަން ބޭނުންކުރުމެވެ.ކޮންޑަކްޝަން ސިސްޓަމް ޕޭސިންގް ޕްރޮސީޖަރ ގައި ހިތުގެ ސިގްނަލް ފޮނުވައިދޭ ނިޒާމުތެރޭގައި ޚާއްޞަ ލީޑްތަކެއް ބަހައްޓާފައިވާ ކާޑިއަކް ޕޭސްމޭކަރ ތަކެއް ހިމެނެއެވެ.

މި ޕޭސިން ޑިވައިސްތަކުން ހިތުގެ މަސްގަނޑު ސްޓިމިއުލޭޓް ކުރުމަށް އިލެކްޓްރިކަލް އިމްޕަލްސްތައް އުފައްދައި، އެކަށީގެންވާ ރޭޓެއްގައި އަދި ރަނގަޅު މިންގަންޑެއްގައި ހިތުގެ ވިންދު ބެލެހެއްޓޭކަން ކަށަވަރުކޮށްދެއެވެ. އެހެންކަމުން މި ޕްރޮސީޖަރ އަކީ އާދައިގެ ކާޑިއަކް ކޮންޑަކްޝަން އެކްޓިވޭޓްކޮށް، ކަނާތު އަދި ވާތު ވެންޓްރިކަލްސް ނުވަތަ ހިތުން ލޭ ޕަމްޕްކުރާ ޗެމްބަރުތަ ސިންކްރޮނައިޒްޑް ކޮންޓްރެކްޝަން ފޯރުކޮށްދޭ ފިޒިއޮލޮޖިކަލް ޕޭސިންގއެކެވެ.

އޮޕަރޭޝަން ކުރުމަށްފަހު ދެވޭ ފަރުވާގެ ހިދުމަތަކީ ޓްރީ ޓޮޕް ހޮސްޕިޓަލާއި މެޑްޓްރޮނިކް ޕްރައިވެޓް ލިމިޓެޑުން ގުޅިގެންދެވޭ ހިދުމަތެކެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނިގޮތުގައި އެ ހޮސްޕިޓަލުން އަލަށް ތައާރަފް ކުރި ފިޒިއޮލޮޖިކަލް ޕޭސިން މޮޑެލިޓީއެއްގެ ގޮތުގައި އުފެދިފައިވާ ޕޮޓެންޝަލް އަލްޓަނޭޓިވް އެޕްރޯޗްއަކީ ޓްރީ ޓޮޕް ހޮސްޕިޓަލްގެ ހިދުމަތްތަކަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެކެވެ.

އަދި ފުރަތަމަ ފަހަރަށް ކުރެވުނު އެ އޮޕަރޭޝަން ކާމިޔާބު ކަމާއިއެކު ފުރިހަމަ ކުރެވިގެން ދިޔުމަކީ ވެސް ޓްރީ ޓޮޕް ހޮސްޕިޓަލަށް ލިބިގެން ދިޔަ ފާހަގަ ކޮއްލެވޭ ބޮޑު ކާމިޔާބީއެއްކަމަށް އެ ހޮސްޕިޓަލުން ބުނެފައިވެއެވެ.