ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ރަސަލް ހޮބްސްގެ އުފެއްދުންތައް ގަނެގެން ދެ މީހަކަށް ސިންގަޕޫރު ދެކޮޅު ޓިކެޓް ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

1952 ވަނަ އަހަރު ވުޖޫދަށް އައި ރަސަލް ހޮބްސްއަކީ ދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑެކެވެ. މި ބްރޭންޑުގެ އުފެއްދުންތަކުގެ ހާއްސަ ޕްރޮމޯޝަނެއް މި އޮކްޓޯބަރު މަހުގެ އެކަކުން ފެށިގެން ނޮވެމްބަރު މަހުގެ 31 ގެ ނިޔަލަށް ކުރިއަށް ގެންދާނެ ކަމަށް އެސްޓީއޯއިން ވަނީ ހާމަކޮށްފައެވެ.

އެސްޓީއޯއިން ބުނި ގޮތުގައި މި ޕްރޮމޯޝަންގައި ރަސަލް ހޮބްގެ އުފެއްދުންތައް ގަތުމަށް ހޭދަކުރާ ކޮންމެ -/250 ރުފިޔާއަކަށް ޑިޖިޓަލް ކޫޕަނެއް ލިބޭނެ އެވެ.

މި ޕްރޮމޯޝަންގައި ގުރުއަތުން ހޮވޭ ފަރާތްތަކަށް ދޭން އެސްޓޯއިން ކަނޑަައެޅިފައިވާ އިނާމުތަކުގެ ތެރޭގައި:

  • އެއްވަނަ އިނާމަކަށް ދެ މީހަކަށް ސިންގަޕޫރު ދެކޮޅު ޓިކެޓް
  • ދެވަނަ އިނާމަކީ 75 އިންޗީގެ ފިލިޕްސް އެލްއީޑީ ޓީވީއަކާއި ޕިލިޕްސް ސައުންޑް ބާ އެއް
  • ތިންވަނައަށް ހޮވޭ ފަރާތަކަށް ހިޓާޗީ ފްރޮންޓް ލޯޑް ދޮންނަ މެޝިނެއް