ހުޅުމާލެ ބުރިޖު ހައިވޭގައި މިއަދު ހަވީރު ހަތަރުކާރެއް ޖެހިގެން ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހާއަށް ރާއްޖޭގެ ނައިބު ރައީސް ފައިސަލް ނަސީމް ދެއްކެވި ރިވެތި މިސާލާއި ހިތްޕުޅުހެޔޮ އޯގާތެރިކަމަށް ގިނަ ބައެއްގެ ތައުރީފު އޮހެންފަށައިފިއެވެ.
ސޯޝަލްމީޑިޔާގައި ދައުރުވި މި ވީޑިޔޯގައި ފެންނަނީ ނައިބުރައީސް ފައިސަލް ނަސީމު އެކްސިޑެންޓް ވެފައިވާ މީހާ އޮތް ހިސާބަށް ވަޑައިގެން އެމީހާގެ ހާލު އޮޅުން ފިލުވުމަށް ސުވާލުކުރައްވާ މަންޒަރާއި އަދި އެމްބިއުލާންސް އަވަސްކުރުވުމަށް މަސައްކަތް ކުރައްވާ މަންޒަރެވެ. ހަތަރު ކާރެއް ޖެހި މި އެކްސިޑެންޓު ހިނގި ވަގުތަކީ އިއްތިފާގުން ނައިބުރައީސް ވެސް ހައިވޭއިން ދަތުރުފުޅު ކުރި ވަގުތަކަށް ވުމުން އެމަނިކުފާނު ވަނީ ކާރުކޮޅު މަޑުކުރުވުމަށްފަހު އެކްސިޑެންޓުގައި އަނިޔާވިމީހާ އޮތް ހިސާބަށް ވަޑައިގެން އެވަގުތުގެ ހާލަތަށް އެހީތެރިވެވަޑައިގެންފައެވެ. އެމްބިއުލާންސް އެސަރަހައްދަށް އަންނަންދެން ނައިބު ރައީސް އެމީހާ ކައިރީގައި މަޑުކުރެއްވިއެވެ. މައުލޫމާތު ލިބޭ ގޮތުގައި އެމަނިކުފާނު ވަނީ އެސަރަހައްދުގައި ހުރެ އަނިޔާވި މީހާގެ އާއިލާއަށް ގުޅުއްވާފައެވެ.
ފައިސަލް ނަސީމަކީ އަބަދުވެސް މިފަދަ ކަންކަމުގައި އިންސާާނިއްޔަތު ކަމުގެ ހިތްތިރި މިސާލެއް ދައްކަވާ ނަމޫނާ ބޭފުޅެއްކަމަށްވެސް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.
ސޯޝަލްމީޑިޔާގައި މި ވީޑިޔޯ ގިނަ ބަޔަކު ދަނީ ޝެއާކުރަމުން އެމަނިކުފާނަށް ތައުރީފާއި ސާބަސް ދަންނަވަމުންނެވެ.
ފައިސަލް އަކީ މިހާތަނަށް ގައުމު ދުއް އެންމެ އޯގާތެރި ނައިބުރައީސް އިބޫ އެއީ ގައުމު ދުއް އެންމެ އޯގާތެރި ރައީސް މިފަދަ ނަސީބެއް ހިޔެއްނުވެ ދެން ލިބޭނެހެނެއް މި ގައުމަކައް