އިޒްރޭލަށް ދާދި ދެންމެ ރޮކެޓް ހަމަލާތަކެއް ދިނުމަށްފަހު ފަަލަސްތީނުގެ ހަމާސް ޖަމާއަތުން އިސްރޭލާ ދެކޮޅަށް އަސްކަރީ އޮޕަރޭޝަނެއް ފެށިކަން އިއުލާން ކޮށްފިއެވެ.

އިސްރޭލުގެ އަސްކަރިއްޔާއިން ވަނީ ހަމާސްގެ ވަރުގަދަ ރޮކެޓް ހަމަލާތަކެއް އިސްރޭލަށް އަމާޒުވިކަން އަލްޖަޒީރާއަށް ކަށަވަރު ކޮށްދީފައެވެ.

"ރޮކެޓް ހަމަލާތައް އައިސްފައިވަނީ ގައްޒާގެ ތެރެއިން. މިހަމަލާގެ ހިތި ރަހަ ހަމާސް ޖަމާއަތުން ދެކޭނެ" ހައްދު ފަހަނައެޅި އިސްރޭލުގެ އަސްކަރިއްޔާއިން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

ގައްޒާގެ ހުރި އަލްޖަޒީރާގެ ރިޕޯޓަރު ޔުމްނާ އަލް ސައީދާ ހަވާލާދީ އަލްޖަޒީރާއިން ބުނީ ރޮކެޓް ހަމަލާގެ ބަދަލު ހިފުމުގެ ގޮތުން އިސްރޭލުން އަދި ހަމަލާ ދީފައި ނުވާކަމަށެވެ. އެހެންނަމަވެސް އިސްރޭލުން ވައިގެ ސިފައިންގެ ވަރުގަދަ ހަމަލާތަކެއް ގައްޒާއަށް އަމާޒުވާނެކަން ޔަގީން ކުރެވޭ ކަމަށް ރިޕޯޓަރ ޔުމްނާއާ ހަވާލާދީ އަލްޖަޒީރާއިން ބުނެއެވެ.

ހަމާސްއިން އިސްރޭލަށް ހަމަލާ ދިނުމުގެ މައިގަނޑު ބޭނުމަކީ އިސްރޭލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ ގައިދީން މިނިވަން ކުރުމަށް ފިއްތުންތައް ކުރިމަތި ކުރުމުމެވެ.