އިންތިހާބީ ރައީސް ޑރ.މުހައްމަދު މުއިއްޒު, ސްރީލަންކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އާދަމް މަޒްރަވީ ޖައުފަރު ސާދިގާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި ޑރ.މުއިއްޒު ވަނީ އޭނާގެ ރިޔާސީ ދައުރުގައި ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް މަޝްވަރާ ކުރައްވައިފައެވެ.

ދިމްޔާތުގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި ލަންކާ ސަފީރު ވަނީ ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ދެ ފަރާތުން ގުޅިގެން ކުރެވެން ހުރި ކަންކަމަށާއި ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ ކަންކަމުގައި ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ދެއްވަވައިފައެވެ.

އަދި މި ބައްދަލުވުމުގައި އިންހާބީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.