އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޒައާމަތުގައި ރާއްޖެއާއި ސައުދީ އަރަބިއާގެ ގުޅުން ހަރުދަނާވާނެކަމަށާއި މުއިއްޒުގެ ސަރުކާރަށް އެއްބާރުލުންދެއްވާނެ ސައުދީ ސަފީރު ވިދާޅުވެއްޖެއެވެ
މިކަން ޔަގީންކޮށްދެއްވީ ސައުދީން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މަތުރެކްއަލްއަޖާލީން އަލްދައުސަރީއާ މުއިއްޒާ އެކީ ބޭއްވި ބައްދަލުވުގެ ތެރޭގައި ދެއްކެވި ވާހަކަފުޅުގައެވެ.
މި ބައްދަލުވުން އޮތީ އިންތިޚާބީ ރައީސްގެ އޮފީހުގައެވެ. އަދި މި ބައްދަލުވުމުގައި އިންތިހާބީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް، ސެމްބެ ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
މިބައްދަލުވުމުގައި މުއިއްޒު ވަނީ އެ މަނިކުފާނުގެ ވެރިކަމުގައި ސައުދީއާ އެކު އޮންނަ ގުޅުން މިހާރަށް ވުރެ ހަރުދަނާ ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖެ އަކީ ސައުދީ ފަދައިން އިސްލާމީ ގައުމަކަށްވާތީ އަރަބި އިސްލާމީ ގައުމުތަކާ އޮންނަ ގުޅުން މިހާރަށް ވުރެ ބަދަހިކުރުމަށް އެދިވަޑައިގަންނަވާ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.