އިޒްރޭލުން ގާޒާއަށް ދެމުން އައި ފެނާއި ކަރަންޓުގެ ޚިދުމަތް ކަނޑާލައިފިއެވެ.

އިޒްރޭލަށް ކަރަންޓު ދިނުން ހުއްޓާލުމުގެ އޯޑަރެއްގައި ވާނި ސޮއިކޮށްފައިކަމަށް އިޒްރޭލުގެ އެނާޖީ މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ކަރަންޓު ދިނުން ހުއްޓާލާފައިވާއިރު އިޒްރޭލު ސިފައިން ވަނީ ގާޒާއަށް ފެން ސަޕްލައިކުރާ ހޮޅިތައްވެސް އިއްޔެ ހަލާކު ކޮށްލާފައެވެ. ހަމަމިއާއެކު މިދަނޑިވަޅުގައި އެންމެ ބޮޑަށް ދަތިކުރުމުގެ އެކިކަހަލަ އުނދަގޫތައް ކުރިމަތިކުރަމުން ދަނީ ގާޒާގެ ހޮސްޕިޓަލުތަކަށް ކަމުގައި މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އިޒްރޭލާއި ފަލަސްތީނާއި ދެމެދު ހަމަލާތައް ބަދަލުކުރެވެމުން އަންނައިރު މިހާތަނަށް އިޒްރޭލުން 200 އަދި ފަލަސްތީނުން 250 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. ޒަހަމްވި މީހުންގެ އަދަދު ދެ ގައުމުގައިވެސް އުޅެނީ ހާހުން މަތީގައެވެ.

މި ހަމަލާތައް ފެށުނީ ފަލަސްތީނުގެ ދިފާއުގައި ހަނގުރާމަކުރަމުން އަންނަ ހަމާސް ޖަމާއަތުން މިއަދު އިޒްރޭލަށް ދިން ކުއްލި މިސައިލު ހަމަލާތަކަކުންނެވެ. އެތައް ހާސް މިސައިލު ހަމަލާއެއް ފުލުފުލުގައި ދީ އިޒްރޭލުގެ ޑިފެންސް މެކޭނިޒަމް ފެއިލްކޮށްލިއެވެ. އަދި އެ ހަމަލާތަކުގެ ނިވަލުގައި ހަނގުރާމަވެރިން އިޒްރޭލަށް ވަޔާއި ކަނޑާއި ބިމުގެ މަގުން ވަދެގަނެ ހަމަލާތައް ދިނުމުގައި ވަނީ ފެތުރިގެންފައެވެ.