ފިހާރައެއް ތެރޭ ބިދޭސީ ސޭޓުގެ ކަރުގައި ވަޅި އެޅި މައްސަލައިގައި ހައްޔަރުކުރި އަންހެން މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

އިއްޔެ މަޖީދީމަގު ފޯނު ވިއްކާ ފިހާރައެއްގެ ތެރެއަށް ވަދެ އެތަނުގައި ސޭޓަކަށް ހުރި ބިދޭސީ ފިރިހެންމީހާއާ ކޮންމެވެސް ޒުވާބެއް ހިންގި މިއަންހެންމީހާ ވަނީ އިރުކޮޅަކުން ފުންމައިގެން އަރައި އެމީހާގެ ކަރުގައި ވަޅި އަޅައިފައެވެ. މި މަންޒަރު ފެންނަ ވީޑިޔޯއެއްވެސް ވަނީ އާންމުވެފައެވެ.

އެ މައްސަލައިގައި ހައްޔަރުުރި 29 އަހަރުގެ އަންހެން މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ދީފައެވެ.

އަނިޔާ ލިބުނު މީހާއަށް ފަރުވާ ދިނުމަށްފަހު ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.